Advertisement

ޖަޕާނުގެ ސްކޫލުތަކަށް ބޮމުގެ އިންޒާރު ދިން މީހަކު ހޯދަނީ

26 ޖަނަވަރީ 2023 - 14:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓޯކިޔޯގައި ސްކޫލް ދަރިވަރުންތަކެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޖަޕާނުގެ ސްކޫލުތަކަށް ބޮމުގެ އިންޒާރު ދިން މީހަކު ހޯދަނީ

26 ޖަނަވަރީ 2023 - 14:50 0

ޖަޕާނުގެ އެތައް ސަތޭކަ ސްކޫލަކަށް ބޮމާއި މަރުގެ އިންޒާރު ދިން މީހަކު ހޯދުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ކުރަމުން އެބަދެ އެވެ.

އިންޒާރުތަކާ ހެދި އަވަސް އަރުވާލައިގެން މީހުން އިވެކުއޭޓުކޮށް ސްކޫލުތައް ބަންދުކުރަން ޖެހުނެވެ. އިންޒާރު ފޮނުވީ ފެކްސް މެދުވެރިކޮށެވެ.

ޓޯކިޔޯގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރަކުން މި ހަފުތާގެ ކުރީކޮޅު އިންޒާރު ފޮނުވީ ހައި ސްކޫލުތަކާއި ޔުނިވާސިޓީތަކަށެވެ.

ފުލުހުން ބުނީ އެ އިމާރާތްތަކުން ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށާއި ދަރިވަރުންނާއި މުވައްޒަފުންނަށް ހަމަލާއެއް ވެސް ދީފައި ނުވާ ކަމަށެވެ.

ޖަޕާނަކީ އާބާދީގެ ނިސްބަތުން ކުށް މަދު ގައުމެކެވެ. ބޮމާއި މަރުގެ އިންޒާރުތައް ދެނީ މަދު ފަހަރަކު އެވެ.

އިންޒާރުގެ މެސެޖުތައް އެންމެ ފުރަތަމަ ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. ސައިތާމާ ޕްރީފެކްޗާގެ 170 އަށް ވުރެ ގިނަ ސްކޫލަށް އިންޒާރު ލިބުނެވެ.

އެކި ސްކޫލުތަކުގައި 330 އަށް ވުރެ ގިނަ ބޮން ހަރުކޮށްފައިވާ ކަމަށް އެއް މެސެޖެއްގައި ބުންޏެވެ. އިތުރު މެސެޖެއްގައި ބުނީ ބޮޑު އެއް ބޮން ގޮއްވާލާނެ ކަމަށެވެ.

ޖަޕާނުގެ ނޫސްތަކުން ބުނާ ގޮތުގައި އިންޒާރާ އެކު ޑިމާންޑު ކުރީ ފައިސާ ދިނުމަށެވެ. އެގޮތުން ތިން ލައްކަ ޔެން އާއި ތިން މިލިއަން ޔެންއާ ދެމެދުގެ އަަދަދުތަކަށް ޑިމާންޑުކޮށްފައިވެ އެވެ.

އަންގާރަ ދުވަހު ސްކޫލުތަކަށް ފޮނުވި މެސެޖުތަކުގައި އިންޒާރު ދިނީ ގޭގައި ތައްޔާރުކޮށްފައިވާ ހަތިޔާރުގެ ބޭނުންކޮށް ދަރިވަރުންނާއި ޓީޗަރުން މަރާނެ ކަމަށް ބުނެ އެވެ.

އޮސާކާ އާއި ސައިތަމާ އަދި ޓޯކިޔޯ ކައިރީގައި އޮންނަ އިބަރަކީ ޕްރީފެކްޗާގެ ސްކޫލުތައް މެސެޖު ފޮނުވި އެވެ. ދެ ދުވަހު ވެސް މެސެޖުތައް ފޮނުވީ އެއް ނަންބަރަކުންނެވެ.

އިންޒާރުތަކާ ހެދި ގިނަ އަދަދެއްގެ ސްކޫލުތައް ބަންދުކުރި ނަމަވެސް، ބުރާސްފަތި ދުވަހު އޭގެ ތެރެއިން ގިނަ ތަންތަން އަލުން ހުޅުވި އެވެ.