Advertisement

ޔޫކްރެއިނަށް ޒަމާނީ ޓޭންކުތައް ފޮނުވަން ޖަރުމަނުން އެއްބަސްވެއްޖެ

26 ޖަނަވަރީ 2023 - 08:14 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޯލްޒް. -- ފޮޓޯ: އީޕީއޭ


ޔޫކްރެއިނަށް ޒަމާނީ ޓޭންކުތައް ފޮނުވަން ޖަރުމަނުން އެއްބަސްވެއްޖެ

26 ޖަނަވަރީ 2023 - 08:14 0

އެންމެ ޒަމާނީ ޓޭންކުތައް ޔޫކްރެއިނަށް ފޮނުވަން ދެކޮޅު ހަދާތާ ހަފުތާތަކެއް ފަހުން، ލެޕަޑް 2 ބާވަތުގެ ޓޭންކުތައް ފޮނުވަން ޖަރުމަނުވިލާތުން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

ޗާންސެލަރު އޯލާފް ޝޯލްޒް އިއުލާން ކުރެއްވީ އޭގެ 14 ޓޭންކު ފޮނުވުމަށެވެ. އޭގެ އިތުރުން ޖަރުމަނުވިލާތް މެދުވެރިކޮށް ހުޅަނގުގެ އެހެން ގައުމުތަކަށް ވެސް ޔޫކްރެއިނަށް ޓޭންކު ފޮނުވޭނެ ކަމަށް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އެމެރިކާއިން ފޮނުވާނީ އެމް1 އަބްރަމްސް ބާވަތުގެ 30 ޓޭންކެވެ. ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ބުނީ ޓޭންކު ފޮނުވާނެ ކަމަށެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ "ކުރިން އަނދައި ދިޔަ ޓޭންކުތައް ފަދައިން އާ ޓޭންކުތައް ވެސް އަނދައިގެން ދާނެ" ކަމަށެވެ.

ޔޫކްރެއިނުން ބުނާ ގޮތުގައި ހަނގުރާމައިގައި ކުރި ހޯދަން ބޭނުން ނަމަ ވަގުތުން ވަގުތަށް އެންމެ ޒަމާނީ ޓޭންކުތައް ބޭނުންވެ އެވެ.

ޓޭންކު ފޮނުވަން ޕްރެޝަރު ބޮޑުވި ނަމަވެސް ޖަރުމަނާއި އެމެރިކާއިން ގިނަ ދުވަސްތަކެއް ވަންދެން އެކަމަށް އެއްބަހެއް ނުވި އެވެ.

ޖަރުމަނުން ބުނަމުން ދިޔައީ ޓޭންކު ފޮނުވުމަކީ ހަނގުރާމައިގައި ސީދާ ބައިވެރިވުން ކަމަށް ރަޝިއާއިން ބަލައި ހާލަތު ގޯސްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އެމެރިކާއިން ބުނަމުން ދިޔައީ އެމް1 އަބްރަމްސް ޓޭންކުތަކުގެ މެއިންޓެނަންސާއި އެ ބޭނުންކުރުމަށް ގިނަ ތަމްރީންތަކެއް ވާން ޖެހޭތީ ގޮންޖެހުންތައް ގިނަ ކަމަށެވެ.