Advertisement

ގޯތި ދިނުމުގައި މާލެ މީހުން ކަމަށް ބަލާ މިންގަނޑުގެ މައްސަލަ ސުޕްރީމް ކޯޓަށް

25 ޖަނަވަރީ 2023 - 18:23 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ކަނޑަައަޅާފައިވާ ބިމުގައި ހަރުކޮށްފައިވާ ބޯޑެއް؛ ގޯތި ދިނުމުގައި މާލެ މީހުން ކަމަށް ބަލާ މިންގަނޑުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގޯތި ދިނުމުގައި މާލެ މީހުން ކަމަށް ބަލާ މިންގަނޑުގެ މައްސަލަ ސުޕްރީމް ކޯޓަށް

25 ޖަނަވަރީ 2023 - 18:23 0

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގައި މާލޭ ރައްޔިތެއް ކަމުގައި ބަލާ މިންގަނޑުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ފުރަތަމަ ހުށަހެޅީ ހައި ކޯޓަށެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ބޭރުކޮށްފަ އެވެ.

ގާނޫނީ ވަކީލު ޝިހާދު އިބްރާހިމާއި ވަކީލު ހަސަން ފަލާހު އެ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތުމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރަން ސަރުކާރުން އިއުލާންކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލެވެނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ރަށެއްގެ ރަށްވެހިކަން ނެތް އަދި އަބަދުވެސް މާލޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށެވެ.

މިހެންވެ ދަފްތަރުގައި ތިބި މީހުނަށް ވެސް ކުރިމަތި ލެވެނީ އިތުރު ތަނެއްގައި ރެޖިސްޓްރީ ވެފައި ނުވާ ނަމަ އެވެ. ދަފްތަރުގައި ތިބި ގާތްގަނޑަކަށް 17،000 އެއްހާ މީހުންގެ ތެރޭގައި ވެސް ހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ވެސް މި ސަރަހައްދުން ގޯތި ހައްގުވާނެ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.

އަދި މާލެ ސަރަހައްދުން އަގު ހުރި ބިންތަކެއް، ހިލޭ، ވަކި ބަޔަކަށް ލިބޭ ގޮތަށް އުސޫލު އޮތުމަކީ، ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ހުޅުމާލޭން 1،000 ގޯތީގެ އިތުރުން، ގުޅީފަޅުން 2،000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކާ އެ ބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފަ އެވެ.