Advertisement

ލަންކާގެ ސަފީރު ކަމަށް އަލީ ފާއިޒު އައްޔަނުކޮށްފި

25 ޖަނަވަރީ 2023 - 12:54 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖެއިން ލަންކާއަށް ކަނޑައެޅި އައު ސަފީރު އަލީ ފާއިޒަށް ރައީސް ސޯލިހު ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް


ލަންކާގެ ސަފީރު ކަމަށް އަލީ ފާއިޒު އައްޔަނުކޮށްފި

25 ޖަނަވަރީ 2023 - 12:54 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް މއ. މަނާގެ، އަލީ ފާއިޒު އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

ފާއިޒަށް ރައީސް ސޯލިހު ސަފީރުކަމުގެ ފަތްކޮޅު އެރުވީ މިއަދު ހެދުނު ރައީސް އޮފީހުގައި އެކަމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ރައީސްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ކެބިނެޓުގެ އެހެން ވަޒީރުންވެސް ވަނީ ބައިވެރިވެލައްވާފަ އެވެ.

ފާއިޒަކީ މީގެ ކުރިން 2022 ވަނަ އަހަރު ފޮރިން މިނިސްޓްރީގެ ނައިބު ކަމުގެ މަގާމާއި، 2021 ވަނަ އަހަރު ޕޮލިސް ބޯޑުގެ މެންބަރުކަންވެސް އަދާކުރައްވާފަ އެވެ.

އޭގެއިތުރުން ހާއްސަ މަޖިލީހުގެ ބ. އަތޮޅު މެންބަރުކަންވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފާއިޒު ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމުވެސް އަދާކުރެއްވި އެވެ. އަދި، ސަރުކާރުގެ އިތުރު ވަޒީފާތަކާއި އަމިއްލަ ވިޔަފާރިތަކުގައި ގިނަ ދުވަސްތަކެއްވަންދެން ފާއިޒު ވަނީ ހިދުމަތްކުރައްވާފަ އެވެ.