Advertisement

މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 109 މައްސަލަ

25 ޖަނަވަރީ 2023 - 12:25 0

ނިމާ ހަސަން

ނިމާ ހަސަން

ކުޑަކުދިންނަށް އަނިޔާ ކުރުން ރަމްޒުކޮށްދޭ ފޮޓޯއެއް؛ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 109 މައްސަލަ މިދިޔަ މަހު ރިޕޯޓުކުރި -- ފޮޓޯ: އަދަދު


މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 109 މައްސަލަ

25 ޖަނަވަރީ 2023 - 12:25 0

ނިމިދިޔަ ޑިސެމްބަރު މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 109 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 30 މައްސަލައެއް ރިޕޯޓުކުރި އެވެ. އޭގެ އިތުރަށް އިހުމާލުވުމުގެ 29 މައްސަލައާއި، ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ހާނިއްކައިގެ 44 މައްސަލައާއި، ބްލެކްމެއިލް ކުރުމާއި، ގަނާ ލިބުމާއި، އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލަތައް ވެސް ރިޕޯޓުކޮށްފައި ވެއެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގެ އިތުރުން ވެސް މިދިޔަ މަހު ވަނީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 54 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފަ އެވެ. އެގޮތުން ޖިސްމާނީ އަނިޔާ ކުރުމުގެ 26 މައްސަލައާއި، ނަފްސާނީ އަނިޔާ ކުރުމުގެ 17 މައްސަލަ އަދި ބިރުދެއްކުމާއި، ޖިންސީ ހާިއްކައިގެ ހަތް މައްސަލައެއް ވެސް މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެ އެވެ.

ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ތެރޭގައި، ހިފެހެއްޓުމުގެ އަމަލެއް ހިންގުމާއި، މާލީ އިގްތިސޯދީ ފުދުންތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، އިހުމާލުގެ މައްސަލަ ވެސް ޑިސެމްބަރު މަހު ރިޕޯޓުކޮށްފައި ވެއެވެ.

ކޮންމެ މަހަކު ވެސް ޖެންޑާ މިނިސްޓްރީއަށް ގިނަ އަދަދެއްގެ މައްސަލަތައް ރިޕޯޓުކުރާއިރު، މިދިޔަ މަހު އެ މިނިސްޓްރީއަށް ރިޕޯޓުކުރި މައްސަލަތަކުގެ ޖުމްލައަކީ 245 އެވެ.

އޭގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނައިރު، އާއިލީ މައްސަލަތަކާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލައާއި، މުސްކުޅިންނާއި ނުކުޅެދުންތެރިކަން ހުންނަނ މީހުންނަށް އަޅާލުން އަދި އިޖުތުިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްސަލަތައް ވެސް ގިނަ އަދަދަކަށް ރިޕޯޓު ކުރެ އެވެ.

އޭގެ އިތުރުން ކުޑަކުދިންގެ އަހުލާގީ މައްސަލަ އާއި، ހައްގުތަކާއި ގުޅުންހުރި މައްސަލަތައް އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތައް ކޮށްގެން ވެސް އެ މިނިސްޓްރީއަށް ރިޕޯޓުކުރެ އެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުން އިތުރުވެފައިވާއިރު، މިދިޔަ މަހުގެ ނިޔަލަށް ދައުލަތުހެ ބެލުމުގެ ދަށުގައި ޖުމްލަ 187 ކުދިން އެބަތިއްބެވެ.

މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް އަލަށް ދެ ކުދިން ނަގާފައިވާއިރު، ހަތަރު ކުއްޖަކު އާއިލާއަށް ހަވާލުކޮށް 18 އަހަރު ފުރިގެން ދެ ކުއްޖަކަށް ވަޒީފާ ހޯދައިދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.