25 ޖަނަވަރީ 2023 - 07:05 0
ސާއިފް ޝިޔާދު
25 ޖަނަވަރީ 2023 - 07:05 0
އައްޑޫ ސިޓީގެ ތިން ރަށަކުން 500 ގޯތި ދޫކުރަން ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ސިޓީގެ ކައުންސިލުން ހުޅުވާލާފައިވަނީ އިއްޔެ ދަންވަރު އެވެ.
ސިޓީ ކައުންސިލުން ރޭ ވަނީ އައްޑޫސިޓީ މީދޫ، ހުޅުދޫ އަދި ފޭދޫއިން ގޯތި ދޫކުރުމަށް އިއުލާނުކޮށްފަ އެވެ. މީދޫއިން 2000 އަކަފޫޓުގެ 100 ގޯއްޗާއި ހުޅުދޫއިން 2000 ފޫޓުގެ 100 ގޯތި އަދި ފޭދޫއިން 1500 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ނިންމައި، ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
މި ގޯތިތަކުގެ ތެރޭގައި ހިމެނެނީ އެ ގޯތި ދޫކުރާ އަވަށަކަށް ނިސްބަތްވާ މީހުންނަށް ހާއްސަކޮށް 90 އިންސައްތަ އާއި އަދި އެހެން އަވަށްތަކަށް ނިސްބަތްވާ މީހުންނަށް ހާއްސަ 10 އިންސައްތަ އެވެ. ހުޅުދޫ އާއި މީދޫއިން ކޮންމެ އަވަށަކުން 10 ގޯތި މިގިންތިއަށް ހާއްސަކޮށްގެން ދޫކުރުމަށް ނިންމާފައިވާއިރު، ފޭދޫއިން 30 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ގޯއްޗަށް އެދި ހުށަހަޅާ އަވަށުގެ އަވަށު އޮފީހުން ރަސްމީ ބަންދު ނޫން ކޮންްމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެޑިގެން މެންދުރު 13:00އާ ހަމައަށެވެ. ފޯމު ބަލައިގަންނާނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ގޯތި ދޫކުރާނީ "އައްޑޫ ސިޓީއިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"އާ އެއްގޮތަށް ކަމަށް ވެސް އެ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.
އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ދަންވަރުގެ ވަގުތެއްގައި ފުރުސަތު ހުޅުވާލުމުން ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:
[ދަންވަރު] ގޯއްޗަށް އިއުލާނުކުރީމާ އަޅުގަނޑު ހީވަނީ އަޅުގަނޑުމެން އެންމެންގެ ހިތަށް ވެސް އަރާނޭ މިހީރީ ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް އުފުލިފައޭ. އަނެއްކާ މީ ގޯތިތައް ދެވެމުން އެބަދޭ ކޮންމެ އިންތިހާބަކަށް. ކޮންމެ އިންތިހާބެއްގައި ދަންވަރު އެބަ އިއުލާނުކުރޭ. އެ ގޯތި އަދި ހުރީ ކަނޑު އަޑީގައި،
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް ސޯލިހުގެ ކެމްޕެއިން ޓީމް
Comment