Advertisement

އެމެރިކާގައި އަނެއްކާ ވެސް ބަޑި ޖަހައި ހަތް މީހުން މަރާލައިފި

24 ޖަނަވަރީ 2023 - 14:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަލާގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރަނީ. -- ފޮޓޯ: ރޮއިޓާޒް


އެމެރިކާގައި އަނެއްކާ ވެސް ބަޑި ޖަހައި ހަތް މީހުން މަރާލައިފި

24 ޖަނަވަރީ 2023 - 14:15 0

އެއް ހަފުތާ ތެރޭގައި އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި ބަޑި ޖަހައި ގިނަ ބަޔަކު މެރުމުގެ ދެ ވަނަ ހާދިސާއެއް ހިނގައިފި އެވެ.

ސޭން ފްރެންސިސްކޯގެ ދެކުނުން އޮންނަ ހާފް މޫން ބޭ ސިޓީގައި ބަޑި ޖަހައި ހަތް މީހުން މަރާލި އެވެ. މަރުވި އެންމެންނަކީ ވެސް ހަމަލާގެ ތުހުމަތުވާ މީހާއާ އެކު ކުރިން މަސައްކަތް ކުރި މީހުންނެވެ.

މަރުވި މީހުންނާއި ހަމަލާ ދިން މީހާއަކީ ވެސް ޗައިނާ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތުންނެވެ. އެ މީހުންނަކީ ދަނޑުވެރި މަސައްކަތް ކުރާ ބަޔެކެވެ.

ތުހުމަތު ކުރެވޭ އުމުރުން 67 އަހަރުގައި ޝާއޯ ޗުންލީ ހައްޔަރު ކުރީ އަމިއްލައަށް ޕޮލިސް ސްޓޭޝަނަށް ދިޔުމުންނެވެ.

މީގެ ދެ ދުވަސް ކުރިން ފާހަގަކުރި ޗައިނާގެ އާ އަހަރު ނުވަތަ "ލޫނާ" އާ އަހަރާ ދިމާކޮށް ވެސް ކެލިފޯނިއާގެ މޮންޓެރޭ ޕާކް ސިޓީގައި ބަޑި ޖަހައި 11 މީހުން މަރާލި އެވެ.

އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ގަން ވަޔަލެންސް އާކައިވްއިން ބުނި ގޮތުގައި ހާފް މޫން ބޭގައި ހިނގި ހާދިސާއަކީ 24 ދުވަސް ތެރޭގައި އެމެރިކާގައި ބަޑި ޖަހައި ގިނަ ބަޔަކަށް ގެއްލުންވުމުގެ 37 ވަނަ ހާދިސާ އެވެ.

"މާސް ޝޫޓިން" ނުވަތަ ބަޑި ޖަހައި ގިނަ ބަޔަކަށް ގެއްލުންވާ ކަމަށް އެ ޖަމިއްޔާއިން ބަލަނީ ހަތަރު މީހުން މަރުވުމުން ނުވަތަ އަނިޔާވުމުންނެވެ.