24 ޖަނަވަރީ 2023 - 08:50 0
ފާތިމަތު ސާޔާ އަހުމަދު
މޯހޭ ސިޓީއަށް ޗައިނާގެ "ނޯތު ޕޯލް" ގެ ނަން ވެސް ކިޔާ އުޅޭ. -- ފޮޓޯ: ގެޓީ އިމޭޖަޒް
24 ޖަނަވަރީ 2023 - 08:50 0
ޗައިނާގެ އެންމެ އުތުރުގައި އޮންނަ މޯހޭ ސިޓީއަށް ރެކޯޑު މިންވަރަށް ފިނިގަދަވެއްޖެ އެވެ.
"ޗައިނާގެ ނޯތު ޕޯލް" ގެ ގޮތުގައި މަޝްހޫރުވެފައިވާ އެ ސިޓީއަކީ ރަޝިއާގެ ބޯޑަރު ކައިރިން ހެއިލޮންގްޖިއަންގް ޕްރޮވިންސްގައި އޮންނަ ސިޓީއެކެވެ.
އާދީއްތަ ދުވަހު އެ ސިޓީގެ މީޓިއޮރޮލޮޖިކަލް ސްޓޭޝަނުން ރެކޯޑު ކުރީ މައިނަސް 53 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެކެވެ. މީގެ ކުރިން އެންމެ ބޮޑަށް ފިނިގަދަވީ 1969 ވަނަ އަހަރު މައިނަސް 52.3 ޑިގްރީ ސެލްސިއަސްއަށް ފިނިހޫނުމިން ވެއްޓުމުންނެވެ.
އާދީއްތަ ދުވަހު މޯހޭ ސިޓީއަށް ރެކޯޑު މިންވަރަށް ފިނިވި ނަަމަވެސް،ގައުމީ ފެންވަރުގައި ބަލާއިރު އެހެން ހިސާބުތަކަށް މާ ބޮޑަށް ފިނިގަދަވެފައިވެ އެވެ.
މިހާތަނަށް ޗައިނާގައި ރެކޯޑު ކުރި އެންމެ ދަށް ފިނިހޫނުމިނަކީ ޑިސެމްބަރު 2009 ގައި އިނާ މޮންގޯލިއާގެ ގެންހޭ ސިޓީގައި މައިނަސް 58 ޑިގްރީ ސެލްސިއަސް އެވެ.
ޗައިނާ ޑެއިލީ ނޫހުން ބުނީ މޯހޭ ސިޓީއަކީ އެ ގައުމުގެ އެންމެ ފިނި ސިޓީ ކަމަށާއި އާއްމުކޮށް ފިނި މޫސުން އަށް މަސް ވަންދެން ދެމިއޮންނަ ކަމަށެވެ.
އެހެންވެ، އެއީ ފަތުރުވެރިންގެ މެދުގައި މަގްބޫލުވަމުންދާ މަންޒިލެކެވެ. އެ ތަނުގައި ސްނޯ ޕާކުތަކާއި ސްކީ ކުރާ ސެންޓަރުތައް ހުރެ އެވެ.
Comment