Advertisement

ބޮޑެތި ޑިސްކައުންޓުތަކާ އެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

23 ޖަނަވަރީ 2023 - 16:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ބޮޑެތި ޑިސްކައުންޓުތަކާ އެކު އެސްޓީއޯ ރަމަޟާން ބާޒާރު ފަށައިފި

23 ޖަނަވަރީ 2023 - 16:42 0

ކޮންމެ އަހަރުކުވެސް ރޯދަމަހަށް ހާއްސަކޮށް ބާއްވަމުން އަންނަ އެސްޓީއޯ ރަމަޟާން ބާޒާރު، އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ފަށައިފި އެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު ރަސްމީކޮށް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން އަމްރު އެވެ.

އަންނަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެ ސޭލްގެ މުއްދަތުގައި ކުރާ ކޮންމެ 500ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި، ޑިޖިޓަލް ކޫޕަން އެވެ.

އެސްޓީއޯ މަކިޓާ ޝޯރޫމާއި ނިޕޯން ރަމަޟާން ބާޒާރު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. އެ ސޭލް ވެސް ކުރިއަށް ދާނީ އޭޕްރިލް 29 އާ ހަމައަށެވެ.

އެސްޓީއޯ ރަމަޟާން ބަޒާރު ސޭލްއަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލް އެއް ސޭލް ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެހެން އަހަރު ތަކެކޭ އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޟާން ބަޒާރުގައިވެސް ބޮޑެތި ޑިސްކައުންޓު ތަކެއް އެކުލެވިގެންވެ އެވެ.

މިއަހަރުގެ ރަމަޟާން ބާޒާރުގައި އެސްޓީއޯގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ހޮވާ ނަސީބުވެރި އެއް ފަރާތަކަށް ހުށަހަޅާފައިވާ ބޮޑު އިނާމަކީ ދެމީހެއްގެ އުމްރާ ދަތުރެކެވެ.

އޭގެއިތުރުން ވެސް ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.