Advertisement

އަސްލު ނޫން ދިވެހި ވިސާ ޖަހައިދިން ބަޔަކު ބަންގުލަދޭޝްއިން ހައްޔަރުކޮށްފި

21 ޖަނަވަރީ 2023 - 13:25 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބަންގުލަދޭޝްއިން ހައްޔަރު ކުރި ހަ މީހުން -- ފޮޓޯ: ބީޑީނިއުސް24


އަސްލު ނޫން ދިވެހި ވިސާ ޖަހައިދިން ބަޔަކު ބަންގުލަދޭޝްއިން ހައްޔަރުކޮށްފި

21 ޖަނަވަރީ 2023 - 13:25 1

ދިވެހިރާއްޖެއަށް ދަތުރު ކުރިކަން ދެއްކުމަށް ރާއްޖެ އިމިގްރޭޝަންގެ އަސްލު ނޫން ތަތްގަނޑު ޖަހައިދިނުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ބަންގުލަދޭޝްއިން ހައްޔަރުކޮށްފި އެވެ.

ބަންގުލަދޭޝްގެ މީޑިޔާތަކުން ރިޕޯޓު ކުރާ ގޮތުގައި އެ މައްސަލައިގައި ޑާކާ މެޓްރޯޕޮލިޓަން ޕޮލިސް، ސައިބާ އެންޑު ސްޕެޝަލް ކްރައިމް ޔުނިޓުން ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝްގެ ހަ ރައްޔިތުންނެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝްގައި ހުންނަ އެމެރިކާ އެމްބަސީން ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

ޑާކާގައި ހުންނަ ގުލްޝަން ޕޮލިސް ސްޓޭޝަނާ ހަވާލާދީ ނިއުއޭގްބީޑީ ނޫހުން ރިޕޯޓު ކުރާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައި ވަނީ އޮޅުވާލައިގެން އެމެރިކާ ވިސާ ހޯދުމުގެ މަސައްކަތް ކުރި ކަމުގެ ކުށުގަ އެވެ.

އެގައުމުގެ މީޑިޔާތަކުން ރިޕޯޓު ކުރާ ގޮތުގައި ހައްޔަރު ކުރި ހަ މީހުންގެ އަތުން އަސްލު ނޫން ޕާސްޕޯޓުތަކާއި އެމީހުން އަމިއްލައަށް ހަދާފައިވާ އެހެން ގައުމުތަކުގެ ރަސްމީ ސްޓޭމްޕުތައް ވެސް ފެނިފައިވެ އެވެ.

އެގޮތުން ވިސާއަށް ހުށަހަޅައިދިނުުމުގެ މަސައްކަތް ކޮށްދެމުންދިޔަ އެމީހުންގެ އޭޖެންސީތަކުން ބައެއް ގައުމުތަކުގެ އަސްލު ނޫން ސީލްތައް ޖަހަފައިވާ ޕާސްޕޯޓުތައް ވިސާއަށް އެދި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެހިރާއްޖެ، މެލޭޝިއާ އަދި ކެމްބޯޑިއާގެ ރަސްމީ ސީލް ޖަހާފައިވާ ޕާސްޕޯޓުތައް ހިމެނޭކަމަށް ޑާކާ މެޓްރޯޕޮލިޓަން ޕޮލިސް، ސައިބާ އެންޑު ސްޕެޝަލް ކްރައިމް ޔުނިޓުގެ ޑެޕިއުޓީ ކޮމިޝަނަރު، މުހައްމަދު ތާރިގު ބިން ރާޝިދުއާ ހަވާލާދީ ބީޑީނިއުސް24 އިން ރިޕޯޓު ކުރެ އެވެ.

މިހާތަނަށް ބަންގުލަދޭޝްގެ ފުލުހުން ކުރި ތަހުގީގުން އެހެން ގައުމުތަކަށް ދަތުރުކޮށްފައި ވާކަން ދެއްކުމަށްޓަކައި އަސްލު ނޫން ސީލް ޖަހައިދިނުމަށް ކޮންމެ މީހެއްގެ އަތުން 1.5 މިލިއަން ޓާކާ އާ ހަމައަށް އެމީހުން އަގު ނަގަމުން ދިޔަކަން އެނގިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.