Advertisement

އެމްބާޕޭ، ލިވަޕޫލަށް ނޫނެކޭ ބުނިކަން ހާމަވެއްޖެ: ރިޕޯޓް

20 ޖަނަވަރީ 2023 - 10:39 0


އެމްބާޕޭ، ލިވަޕޫލަށް ނޫނެކޭ ބުނިކަން ހާމަވެއްޖެ: ރިޕޯޓް

20 ޖަނަވަރީ 2023 - 10:39 0

ޕެރިސް (ޖެނުއަރީ 20) - މިދިޔަ އަހަރުގެ މެއި މަހު، ޕީއެސްޖީއާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ކުރިން، ފްރާންސްގެ ތަރި، ކީލިއަން އެމްބާޕޭ އަށް ލިވަޕޫލުން ލިބުނު އޮފާއާ އެއްގޮތަށް ކުރިއަށްދާން އޭނާ ބޭނުންނުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެމްބާޕޭ، 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގައި މަޑުކުރަން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އޭނާ ހޯދަން، ލިވަޕޫލާއި ރެއާލް މެޑްރިޑުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން، ރެއާލުން ރަސްމީކޮށް ކުރި ގިނަ ބިޑްތަކެއް ޕީއެސްޖީން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

އެކަމަކު، ލިވަޕޫލުން ކުރި 171 މިލިއަން ޕައުންޑް (211 މިލިއަން ޑޮލަރު)ގެ ބިޑަށް ޕީއެސްޖީން ރުހުނު ނަމަވެސް، އެ ގޮތަށް ޑީލް ކުރިއަށް ގެންދަން އެމްބާޕޭ ބޭނުންނުވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. އެއީ، އެމްބާޕޭގެ ވިސްނުމަކީ ކްލަބް ބަދަލުކުރާނަމަ ރެއާލަށް ގުޅުން ކަމަށްވާތީ އެވެ.

އެެހެން ނަމަވެސް، އޭރު، ޕީއެސްޖީގެ ރައީސް، ނާސިރު އަލް ހަލީފާގެ ވިސްނުމަކީ އެއްވެސް އަގެއްގައި ރެއާލަށް އެމްބާޕޭ ނުވިއްކުން ކަމަށް އެ މީޑިއާ ރިޕޯޓްގައިވެ އެވެ.

ރެއާލާ އެކު ޕީއެސްޖީން ކުރި އެއް މަޝްވަރާއެއްގައި އެމްބާޕޭ ވިއްކާނެ އަގަކީ 400 މިލިއަން ޑޮލަރު ކަމަށް އެންގުމުން އޭރު އެ އަގު ދޭން ރެއާލުން ފަސް ޖެހުނެވެ. ފަހުން އެ އަގުދީފައި ވެސް އެމްބާޕޭ ގެންދަން ރެއާލުން އެނބުރި އައިއިރު، ޕީއެސްޖީން ތިބީ އިތުރަށް މަޝްވަރާ ނުކުރަން ނިންމައިގެންނެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ، އަށް ޕީއެސްޖީން އާ ކޮންޓްރެކްޓާ އެކު 195 މިލިއަން ޑޮލަރުގެ ބޯނަހެއް ހަމަޖައްސައިދިނެވެ. އެ ބޯނަހުން އެމްބާޕޭ ވަނީ އަމިއްލަ ވިޔަފާރިއެއް ފަށައިފަ އެވެ. އެ ގޮތުން، އެމްބާޕޭ ފެށި ޕްރޮޑަކްޝަން ކުންފުނި، ޒެބްރާ ވެލީ އިން ވަނީ ބާސްކެޓްބޯޅައިގެ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ)އާ އެކު ބޮޑު ޑީލެއްގައި ސޮއިކޮށްފަ އެެވެ.