Advertisement

ހުޅަނގުގެ އަސްކަރީ އެހީ އިތުރު ކުރަން ޔޫކްރެއިނުން އަނެއްކާވެސް އެދެފި

20 ޖަނަވަރީ 2023 - 06:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ސިފައިން. -- ފޮޓޯ: ގެޓީ އިމޭޖާޒް


ހުޅަނގުގެ އަސްކަރީ އެހީ އިތުރު ކުރަން ޔޫކްރެއިނުން އަނެއްކާވެސް އެދެފި

20 ޖަނަވަރީ 2023 - 06:08 0

ކިޔެވް، ޔޫކްރެއިން (ޖެނުއަރީ 19) - ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ އަސްކަރީ އެހީ "ބޮޑުތަނުން" އިތުރުކޮށް އެންމެ ފަހުގެ ޒަމާނީ "ލެޕަޑް" ޓޭންކުތައް ސަޕްލައި ކުރުމަށް ޔޫކްރެއިނުން ގޮވާލައިފި އެވެ.

އެ ގައުމުގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ އާއި ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޯވް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އެހީ ފޯރުކޮށްދީގެން ޔޫކްރެއިންގެ އަމިއްލަ ދިފާއު ވަރުގަދަ ކުރެވޭނެ ކަމަށެވެ.

"މިހާރު ވެސް އަސްކަރީ އެހީ ފޯރުކޮށްދީފައިވާ ހުރިހާ އެކުވެރި ގައުމުތަކުގެ ކިބައިން އަޅުގަނޑުމެން މި އެދެނީ ޔޫކްރެއިން ދިފާއުވުމުގެ ގާބިލްކަން ވަރުގަދަ ކުރަން އެހީތެރިވެދިނުމަށް،" އެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ ސިފައިންގެ އަދަދާއި ހަތިޔާރާއި އަސްކަރީ ވަސީލަތްތަކަށް ބަލާއިރު، ރަޝިއާ އުޅެނީ ޔޫކްރެއިނަށް ވުރެ ކުރީގައި ކަމަށާއި ހަނގުރާމަ ނިންމުމުގެ ވިސްނުން ރަޝިއާގެ ނެތް ކަމަށެވެ.

މި ވަގުތު ޔޫކްރެއިނަށް އެންމެ އަވަހަށް ބޭނުންވަނީ ޒަމާނީ ބަރު އުޅަނދު ކަމަށް އެ ބަޔާނުގައި ދެ މިނިސްޓަރުން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ބަރު ޓޭންކު ފޯރުކޮށްދޭން ނިންމި ފުރަތަމަ ހުޅަނގުގެ ގައުމަކީ އިނގިރޭސިވިލާތް ކަމަށް ފާހަގަކޮށް، ޔޫކްރެއިނުން އެ ގައުމަށް ޝުކުރު އަދާކުރި އެވެ.

އިނގިރޭސިވިލާތުން ނިންމީ "ޗެލެންޖާ" ޓޭންކުތަކެއް ފޮނުވުމަށެވެ. އެ އުޅަނދުތަކުން ނުފުދޭނެ ކަމަށާއި "ލެޕަޑް" ޓޭންކު ފޯރުކޮށްދޭން ޖަރުމަނާއި ޕޮލޭންޑް އަދި ތުރުކީ ފަދަ ގައުމުތަކަށް ޔޫކްރެއިނުން ގޮވާލި އެވެ.

"އަޅުގަނޑުމެން މި ހަތިޔާރުތައް ބޭނުން ކުރާނީ ޒިންމާދާރުކަމާ އެކު ހަމައެކަނި ޔޫކްރެއިންގެ ބިމުގެ އިސްތިގްލާލާއި ބޯޑަރު ދެމެހެއްޓުމަށް ކަމުގެ ޔަގީންކަން ދެން،" ބަޔާނުގައި ބުންޏެވެ.