Advertisement

މައިކްރޮސޮފްޓުން 10،000 ވަޒީފާ މަދުކުރަނީ

19 ޖަނަވަރީ 2023 - 06:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓެކްނޮލޮޖީ ދާއިރާގެ ގިނަ ކުންފުނިތަކުން ދަނީ ވަޒީފާ މަދުކުރަމުން. -- ފޮޓޯ: ގެޓީ އިމޭޖާޒް


މައިކްރޮސޮފްޓުން 10،000 ވަޒީފާ މަދުކުރަނީ

19 ޖަނަވަރީ 2023 - 06:13 0

ޓެކްނޮލޮޖީ އިންޑަސްޓްރީގެ ގިނަ ކުންފުނިތަކަކުން މުވައްޒަފުން ވަކިކުރަމުންދާ މި ދަނޑިވަޅުގައި މައިކްރޮސޮފްޓުން ވެސް 10،000 ވަޒީފާ މަދުކުރަން ނިންމައިފި އެވެ.

އެ ނިންމުމުގެ އަސަރު ކުރާނީ ކުންފުނީގެ ޖުމްލަ ފަސް ޕަސެންޓު މުވައްޒަަފުންނަށެވެ. ވަޒީފާއިން ވަކިކުރާ މީހުންނަށް އޭ އެލަވަންސާއި އެހެނިހެން ހަރަދުތަކަށް 1.2 ބިލިއަން ޑޮލަރު ހޭދަވާނެ އެވެ.

މައިކްރޮސޮފްޓްގެ ޗީފް އެގްޒެކްޓިވް ސަތްޔަ ނަޑެއްލާ ވިދާޅުވީ ކޮވިޑްގެ ތެރޭގައި ކަސްޓަމަރުންގެ ހޭދަ އިތުރުވި ނަމަވެސް، މިހާރުން ފެށިގެން ކުންފުނި ފަރުވާތެރި ވާން ޖެހޭ ކަމަށެވެ.

ވަޒީފާ މަދުކުރި ނަމަވެސް މުހިއްމު ދާއިރާތަކުން މީހުން ނަގަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެތައް ސަތޭކަ ޓެކް ކުންފުނިތަކުން ވަނީ ވަޒީފާ މަދުކޮށްފަ އެވެ. އޭގެ ތެރޭގައި އެމޭޒަން އަދި އިންސްޓަގްރާމް އާއި ފޭސްބުކް ހިންގާ މެޓަ ހިމެނެ އެވެ.

އެހެން ކުންފުނިތަކާ އެއްގޮތަށް ކޮވިޑް ތެރޭގައި މައިކްރޮސޮފްޓްގެ ވިޔަފާރި ވެސް ފުޅާވި އެވެ. އެއީ ލޮކްޑައުންކޮށް ގޭގައި ތިބެން ޖެހުމުން މީހުން ރިމޯޓުކޮށް މަސައްކަތް ކުރުމާއި އެހެނިހެން އޮންލައިން ހަރަކާތްތައް އިތުރުވުމުންނެވެ.

ޖޫން 2021 އިން ޖޫން 2022 އަށް އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 40،000 އިން މަތިވި އެވެ. އޭރު ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ އަދަދަކީ 221،000 އެވެ. އޭގެ ތެރެއިން 99،000 މުވައްޒަފުން ތިބެނީ އެމެރިކާ ނޫން ގައުމުތަކުގަ އެވެ.