Advertisement

އދ. ގެ އިސް އަންހެން އޮފިޝަލުން އަފްގާނިސްތާނަށް ހިނގައްޖެ

19 ޖަނަވަރީ 2023 - 08:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނު -- ފޮޓޯ: އޭޕީ


އދ. ގެ އިސް އަންހެން އޮފިޝަލުން އަފްގާނިސްތާނަށް ހިނގައްޖެ

19 ޖަނަވަރީ 2023 - 08:32 0

އަފްގާނިސްތާނުގެ އަންހެނުންގެ ހައްގުތައް ހިފަހައްޓާފައި ވަނިކޮށް އދ. ގެ އިސް އަންހެން އޮފިޝަލުންތަކެއް އެ ގައުމަށް ހިނގައްޖެ އެވެ.

އަފްގާނިސްތާނުގެ އަންހެން ދަރިވަރުން ތައުލީމު އުނގެނުން އޮތީ މަނާކޮށްފަ އެވެ. އަންހެނުން ވަޒީފާ އަދާކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވެރިރަށް ކާބުލްއަށް ދަތުރުކުރި ވަފުދަކީ 2021 ވަނަ އަހަރު ތާލިބާނުން ވެރިކަމަށް އައި ފަހުން އެ ގައުމަށް ދިޔަ އދ. ގެ އެންމެ އިސް ވަފުދެވެ.

އެ ދަތުރުގައި ވަޑައިގެންނެވި ވަފުދުގައި އެންމެ އިސް ބޭފުޅަކީ އދ. ގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަމީނާ މުހައްމަދެވެ. އޭގެ އިތުރުން އަންހެނުންގެ ކަންކަމަށް އދ. އިން ކަނޑައަޅާފައިވާ އެންމެ އިސް އޮފިޝަލް ސިމާ ބަހޫސް ވެސް ވަޑައިގެންނެވި އެވެ.

ވަފުދުގެ ޒިންމާއަކީ އަފްގާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުންގެ އެންމެ އިސް ވެރިންނާ މަޝްވަރާކޮށް، އަންހެނުންގެ ހައްގުތައް އަނބުރާ ދިނުމަށް ޕްރެޝަރު ކުރުމެވެ.

އދ. އިން އެންމެ ބޮޑަށް ކަންބޮޑުވަނީ އެހީދޭ ޖަމިއްޔާތަކުގައި އަންހެނުން މަސައްކަތް ކުރުން މަނާކޮށްފައި ވާތީ އެވެ. އޭގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުރަސް އެޅެ އެވެ.

އެ ވަފުދާ އެންމެ ފުރަތަމަ ބައްދަލުކުރެއްވި ފޮރިން މިނިސްޓަރު އާމިރް ހާން މުއްތަގީ އެވެ. އޭނާގެ ތަރުޖަމާނު ވިދާޅުވީ "އަފްގާނިސްތާނުގެ އަސްލު މަންޒަަރު" ދުނިޔެއަށް ހާމަކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.