Advertisement

ހެލިކޮޕްޓަރު ވެއްޓި ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރު އަވަހާރަވެއްޖެ

19 ޖަނަވަރީ 2023 - 07:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ބަންދުކޮށްފައި. -- ފޮޓޯ: ބީބީސީ


ހެލިކޮޕްޓަރު ވެއްޓި ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓަރު އަވަހާރަވެއްޖެ

19 ޖަނަވަރީ 2023 - 07:18 0

ޔޫކްރެއިންގެ ވެރިރަށް ކިޔެވްގެ އިރުމަތީގައި ހެލިކޮޕްޓަރެއް ވެއްޓި އެ ގައުމުގެ އިންޓީރިއާ އެފެއާޒް މިނިސްޓަރު އަވަހާރަވެއްޖެ އެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ޕްރީސްކޫލެއް ކައިރިއަށެވެ. އެ ހާދިސާގެ ޖުމްލަ 16 މީހުން މަރުވި އެވެ. އޭގެ ތެރެއިން ދެ ކުޑަކުދިން ހިމެނެ އެވެ. އަނިޔާވެގެން 10 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ބީބީސީއިން ބުންޏެވެ.

ހެލިކޮޕްޓަރު ވެއްޓުނު އިރު އިންޓީރިއާ އެފެއާޒް މިނިސްޓަރު ޑެނީސް މޮނަސްޓިރްސްކީއާ އެކު އަށް މީހުން އޭގެ ތެރޭގައި ތިއްބެވެ. އެގޮތުން ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރާއި ސްޓޭޓް ސެކެޓްރީ ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ހެލިކޮޕްޓަރު ވެއްޓުމާ އެކު އަލިފާން ރޯވި އެވެ. އެހެންވެ، ރައްކާތެރިވުމުގެ ގޮތުން ޕްރީސްކޫލުން ކުދިންނާއި މުވައްޒަފުން އިވެކުއޭޓް ކުރި އެވެ.

ހާދިސާ ހިނގި ވަގުތު "ވިޒިބިލިޓީ" ވަރަށް ދަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރު ޖެހުނީ ޕްރީސްކޫލް އިމާރާތުގަ އެވެ.