Advertisement

"މިހާރު" ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަކުރާތީ އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފި

18 ޖަނަވަރީ 2023 - 11:15 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އެމްޖޭއޭއިން ވަނީ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރަކުރުކޮށްދިނުމަށް މުއައްސަސާތަކަށް ގޮވާލާފައި -- ފޮޓޯ: އަވަސް


"މިހާރު" ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަކުރާތީ އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކޮށްފި

18 ޖަނަވަރީ 2023 - 11:15 0

"މިހާރު" ނޫހުގެ ނޫސްވެެރިންނަށް އެކި ގޮތްގޮތުން ފުރައްސާރަަކުރަމުން އަންނާތީ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރު ނޫހުގެ ނޫސްވެރިންނަށް މީސްމީޑިއާއިންނާއި އެކި ގޮތްގޮތުން ފުރައްސާރަކުރަމުން ދިއުމަކީ އެ ޖަމިއްޔާއިން އެކަމާ ކަންބޮޑުވާ ކަމެއް ކަމަށާއި، އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އަދި ނަމާއި އަބުރު ރައްކާތެރިކުރުމާއި، ނޫސްވެރިކަމަކީ ދިވެހި ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަކަށް ވާއިރު، ތަހުޒީބުވެފައިވާ ޑިމޮކްރަސީ ވެއްޓެއްގައި ވަކި ނޫސްވެރިއަކަށް އަމާޒުކޮށްގެން ހިންގޭ މިފަދަ ކަންކަން ބަލައި ނުގަނެވޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"މި ޖަމިއްޔާއިން ގަބޫލުކުރާ ހަމައަކީ ފާޑުކިޔަންވާނެ ކަަމާއި ނަމަވެސް، އެ ފާޑުކިއުން ވާންވާނީ ޒާތީނުވެ، ބިނާކުރަނިވި ފާޑުކިއުމަކަށް ކަމެވެ. ނަމަވެސް މިފަހުން މިހާރު ނޫހުގެ ނޫސްވެރިންނަށް އަމާޒުކުރަމުންދާ އަމަލުތަކަކީ މި ހަމައިން ބޭރު އަމަލުތަކެއްކަން މި ޖަމިއްޔާއިން ފާހަގަކުރަމެވެ،" އެމްޖޭއޭއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މި މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހަޅާނެ ކަމަށް މިހާރު ނޫހުން ބުނެފައިވާކަން ފާހަކޮށް އެމްޖޭއޭއިން ވަނީ މި މައްސަލަތައް ކަމާބެހޭ އިދާރާތަކުން ބަލާ ނޫސްވެރިންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފަ އެވެ.

އެމްޖޭއޭއިން ވަނީ ނޫސްވެރިންނަށް ދިމާވާ މިފަދަ ކަންކަމުގައި އެ ޖަމިއްޔާއަށް ކޮށްދެވެން ހުރި ކަންކަމަށް ބަލައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.