Advertisement

އެމެރިކާގައި ތުއްތު ކުއްޖަކު ބަޑި ގެންގުޅޭ ވީޑިއޯއަކާ ގުޅިގެން ބައްޕަ ހައްޔަރުކޮށްފި

18 ޖަނަވަރީ 2023 - 06:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބަޑި ހިފައިގެން އުޅުނީ ހަތަރު އަހަރުގެ ކުއްޖެއް. -- ފޮޓޯ: ބީޗް ގްރޯވް ޕޮލިސް


އެމެރިކާގައި ތުއްތު ކުއްޖަކު ބަޑި ގެންގުޅޭ ވީޑިއޯއަކާ ގުޅިގެން ބައްޕަ ހައްޔަރުކޮށްފި

18 ޖަނަވަރީ 2023 - 06:10 0

އެމެރިކާގެ އިންޑިއާނާ ސްޓޭޓުގައި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ބަޑި ހިފައިގެން އުޅޭ ވީޑިއޯއަކާ ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ލައިވް ޓީވީގައި ހައްޔަރު ކުރީ އެ ކުއްޖާގެ ބައްޕަަ، އުމުރުން 45 އަހަރުގެ ޝޭން އޮސްބޯން އެވެ. ނެޕީ ޖަހައިގެން ހުރި ކުއްޖަކު ބަޑި ހިފައިގެން އުޅޭ ކަމަށް ރިޕޯޓު ކުރީ އަވަށްޓެރިންނެވެ.

އޭނާ ހައްޔަރު ކުރީ ވަގުތުން ދައްކާ ޓީވީ ޝޯ "އޮން ޕެޓްރޯލް: ލައިވް" ގެ ތެރެއިންނެވެ. ކުއްޖާ އަތުގައި ބަޑިއެއް އޮތްކަން އަވަށްޓެރިންނަށް އެނގުނީ ސީސީޓީވީ ވީޑިއޯއިންނެވެ.

އިމާރާތުގެ ކޮރިޑޯ ތެރޭގައި ބަޑި ހިފައިގެން އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ވެސް އެ ޕްރޮގްރާމްގައި ދެއްކި އެވެ. ކުއްޖާގެ ބައްޕަ އެންމެ ފުރަތަމަ ފުލުހުންނަށް ބުނީ ބަޑިއެއް ނޯންނާނެ ކަމަށެވެ.

"އަހަރެންގެ އަތުގައި ބަޑިއެއް ނެތް، މިގެޔަށް ދުވަހަކު ވެސް ބަޑިއެއް ނުގެންނަން. އޮތަސް އޮންނާނީ ތިމާގެ ކުއްޖެއްގެ ބަޑިއެއް،" އެ ޝޯގައި އޭނާ ބުންޏެވެ.

އެހެން ނަމަވެސް ފުލުހުން އެ ގެ ބަލައި ފާސްކުރި އިރު، ބަޑިއެއް ފެނުނެވެ. އެހެންވެ، އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

ހަތަރު އަހަރުގެ ކުއްޖަކު ބަޑި ގެންގުޅުނު މައްސަލަ ޓީވީއިން ދެއްކި އިރު، ދާދި ފަހުން ހަ އަހަރުގެ ކުއްޖަކު ވަނީ ބަޑި ހިފައިގެން ސްކޫލަށް ގޮސް "ގަސްދުގައި" ޓީޗަރަށް ހަމަލާދީފަ އެވެ.