Advertisement

ދިއްދޫގައި އެއާޕޯޓު އަޅާ ވާހަކަ ނުދެއްކެންވީ ސަބަބެއް ނެތް: ރައީސް

17 ޖަނަވަރީ 2023 - 23:08 1

ހއ. ދިއްދޫ

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހް ދިއްދޫގައި; އެއާޕޯތު އަޅާ ވާހަކަ ނުދެއްކެންވީ ސަބަބެއް ރައީސަކަށް ނެތް -- ފޮޓޯ: އެމްޑީޕީ


ދިއްދޫގައި އެއާޕޯޓު އަޅާ ވާހަކަ ނުދެއްކެންވީ ސަބަބެއް ނެތް: ރައީސް

17 ޖަނަވަރީ 2023 - 23:08 1

ހއ. ދިއްދޫ

ހއ. ދިއްދޫގައި އެއާޕޯޓެއް ގާއިމުކުރުމުގެ ވާހަކަ ނުދައްކަންވީ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ދިއްދޫއަށް ވަޑައިގެން ދިއްދޫ އެއާޕޯޓުގެ ވާހަކަ ދެއްކެވީ އެރަށު ކައުންސިލް މެންބަރު އަބްދުالله ވަހީދު އެކަން ފާހަގަކުރެއްވުމުންނެވެ. އެގޮތުން، ދިއްދޫގައި ބޭއްވި ޖަލްސާގައި ވަހީދު ވިދާޅުވީ, ދިއްދޫގައި އެއާޕޯޓު އެޅުމުގެ ވައުދުވެވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުالله ޔާމީން މިރަށަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށެވެ.

ވަހީދު ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި, ދިއްދޫގައި އެއާޕޯޓެއް އެޅޭނީ މިނިވަންކަމާ އެކު ހުންނެވި އަދި ތަރައްގީގެ ގިނަ ކަންކަން ކުރައްވަމުން ގެންދަވާ ރައީސް ސޯލިހަށެވެ.

ވަހީދަ ށްފަހު ޕޯޑިއަމަށް ވަޑައިގެން ރައީސް ވިދާޅުވީ, ދިއްދޫގެ ބިން ހިއްކާ, ބިން ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެއާޕޯޓެއްގެ ވާހަކައަކީ ނުދެކެވޭނެ ވާހަކައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން އަންނާނަން މި ޕްރައިމަރީއަށްފަހު. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މެނިފެސްޓޯއެއް އެކުލަވާލާނަން. ތިބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު. އޭގައި މި ރަށުގެ އެއާޕޯޓު ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ" ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިއްދޫ ދާއިރާގެ ތަރައްގީއަށް ކުރިއަށް ވާނީ ރައްޔިތުން އެދޭ މަގުން ކަަމަށެވެ. އެގޮތުން, ރައީސް ވަނީ ދިއްދޫގައި ކުރިއަށްދާ ހައުސިން ޔުނިޓުގެ މަޝްރޫއަށް އިތުރު 25 ޔުުނިޓު އިތުރު ކުރުމަށް ދިއްޑޫ ކައުންސިލުން ހުށަހެޅި ހުށަހެޅުން ބަލައިގެންފަ އެވެ. އަދި ދިއްދޫ ރައްޔިތުން ބޭނުންވާ އައުޓްޑޯ ޖިމް ވެސް ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

މިރޭގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ހިންގަމުން ދަނީ ޕްލޭންކޮށްގެން އެކަމަށް ފައިސާ ހަމަޖައްސައިގެން ކަމަށެވެ. އަދި ހަމަ ހުރެލާފައި ވަޒީރުން އެއްކޮށްގެން ކަންކަން ކުރަނީ ނޫންކަމަށް ވެސް ވިދާޅުވި އެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު, ރިޔާސީ ޕްރައިމަރީގައި އެމަނިކުިފާނަ ވާދަކުރައްވާ ރައީސް މުހައްމަދު ނަޘީދު ވަނީ ސަރުކާރުން ކަންކަން ކުރަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށް ވިދާޅުވެ, ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.