Advertisement

ޔޫކްރެއިން ރައީސްގެ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

18 ޖަނަވަރީ 2023 - 08:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިން ރައީސްގެ އެޑްވައިޒަރު އޮލެކްސީ އަރެސްޓޮވިޗް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޔޫކްރެއިން ރައީސްގެ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

18 ޖަނަވަރީ 2023 - 08:19 0

ޑްނީޕްރޯގެ އިމާރާތަކަށް އަމާޒުވި ރަޝިއާގެ މިސައިލެއް ވައްޓާލީ ޔޫކްރެއިނުން ކަމަށް ވިދާޅުވި މައްސަލައިގައި ޔޫކްރެއިން ރައީސްގެ އެޑްވައިޒަރު އޮލެކްސީ އަރެސްޓޮވިޗް އިސްތިއުފާ ދެއްވައިފި އެވެ.

ޑްނީޕްރޯގެ އިމާރާތަށް އަމާޒުވި މިސައިލް ހަމަލާގައި 44 މީހުން މަރުވި އެވެ. ޔޫކްރެއިނުން އެ މިސައިލް ވައްޓާލި ކަމަށް ވިދާޅުވީ އޮޅިގެން ކަމަށް އަރެސްޓޮވިޗް ވިދާޅުވި އެވެ.

އަރެސްޓޮވިޗް އެގޮތަށް ވިދާޅުވުމުން ޔޫކްރެއިންގެ ގިނަ ބަޔަކު ހިތްހަމަނުޖެހުނެވެ. އަދި މީހުން މަރުވުމުގެ ޒިންމާ އުފުލަން ޖެހޭނީ ޔޫކްރެއިނުން ކަމަށް ރަޝިއާއިން ބުންޏެވެ.

އޭނާއަކީ ހަނގުރާމައިގެ ތެރޭގައި މަގްބޫލުވެފައިވާ މީހެކެވެ. ހަނގުރާމައިގެ މައުލޫމާތު ކޮންމެ ދުވަހަކު ވެސް އާއްމު ކުރަނީ އަރެސްޓޮވިޗް އެވެ.

އަރެސްޓޮވިޗް އިސްތިއުފާ ދޭން ނިންމި މައްސަލައިގައި ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އިމާރާތުގެ މައްޗަށް ރަޝިއާގެ މިސައިލް ވެއްޓުނީ ޔުކްރެއިންގެ އެއާ ޑިފެންސުގެ ހަމަލާއެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ފަހުން ޔޫކްރެއިން ސަރުކާރުން ބުނީ އެއީ ރަޝިއާގެ ކޭއެޗް-22 މިސައިލެއް ކަމަށާއި އެ ބާވަތުގެ މިސައިލް ވެއްޓުމުގެ ގާބިލްކަން ޔޫކްރެއިންގައި ނެތް ކަމަށެވެ.

ޑްނީޕްރޯގެ އިތުރުން ރަޝިއާއިން ހޮނިހިރު ދުވަހު ހަމަލާދިނީ ކިޔެވް، ހާރްކީވް އަދި އޮޑެއްސާއަށެވެ.