Advertisement

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި

17 ޖަނަވަރީ 2023 - 09:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން: ރަސްމީ ދަތުރުފުޅަށްފަހު މިއަދު ވަނީ ފުރާވަޑައިގެންފައި -- ފޮޓޯ: ރައީސް އޮފީސް


ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި

17 ޖަނަވަރީ 2023 - 09:53 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ހެދުނު ފުރާވަޑައިގެންފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެން އެ ގައުމުގެ އޮފިޝަލުންނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މަޝްވަރާތަކުގައި ދެ ގައުމުގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ. މަޝްވަރާތަަކަށްފަހު ރާއްޖެ އާއި ކެމްބޯޑިއާ ދެމެދު ހަ ދާއިރާއަކުން އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

ރަސްމީ މަޝްވަރާތަކުގެ އިތުރުން އެ ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ޗެމްބާ އޮފް ކޮމާސްއިން ވަނީ ވިޔާފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ހަރުދަނާކުރުމަށް މަޝްވަރާކޮށްފަ އެވެ.

ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ ސެޕްޓެމްބަރު 21، 1995 ގަ އެވެ.