Advertisement

އަފްގާނިސްތާނުގެ ކުރީގެ ޕާލަމެންޓް މެމްބަރެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

16 ޖަނަވަރީ 2023 - 18:36 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުރްސަލް ނަބީޒާދާ. -- ފޮޓޯ: ގެޓީ އިމޭޖާޒް


އަފްގާނިސްތާނުގެ ކުރީގެ ޕާލަމެންޓް މެމްބަރެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

16 ޖަނަވަރީ 2023 - 18:36 1

އަފްގާނިސްތާނުގެ ކުރީގެ ޕާލަމެންޓް މެމްބަރަކާއި އޭނާގެ ބޮޑީގާޑުގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

ފުލުހުން ބުނީ ބަޑިޖެހީ ވެރިރަަށް ކާބުލްގައި އުމުރުން 32 އަހަރުގެ މުރްސަލް ނަބީޒާދާގެ ގެޔަށް ދިޔަ ބަޔަކު ކަމަށެވެ.

އޭނާއަކީ އޯގަސްޓު 2021 ގައި ތާލިބާނުން ވެރިކަމަށް އައުމުން، ކާބުލް ދޫކޮށް ނުގޮސް މަޑުކުރި މަދު އަންހެން މެމްބަރުންގެ ތެރެއިން އެކަކެވެ.

އާދީއްތަ ދުވަހު ދިން ހަމަލާގައި އޭނާގެ ބޭބެ އާއި އިތުރު ބޮޑީގާޑަކަށް އަނިޔާވި އެވެ. މުރްސަލާއަކީ ގައުމު ދޫކޮށް ދާން ފުރުސަތު ލިބުމުން ވެސް އެކަން ގަބޫލުނުކޮށް "ބިރުކުޑަކަމާ އެކު އަފްގާނިސްތާނުގެ ހައްގުގައި ވަކާލާތު ކުރި މީހެއް" ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ.

ތާލިބާނުން ވެރިކަމަށް އައިސް އަންހެނުންގެ ހައްގުތައް ވަނީ ހިފަހައްޓައިފަ އެވެ. ވަޒީފާ އަދާކުރުން މަނާކޮށް ތައުލީމު އުނގެނުމުގެ ހައްގު ވެސް އަންހެނުންނަށް ނުދެ އެވެ.

ކާބުލް ފުލުހުން ބުނީ މުރްސަލާ މަރުވި ހާދިސާގެ ތަހުގީގު ކުރާނެ ކަމަށެވެ. މުރްސަލާއަކީ އިރުމަތީ ނަންގަރްހާރް ޕްރޮވިންސަށް ނިސްބަތްވާ މީހެކެވެ.

ކާބުލް ތަމްސީލް ކުރަން ޕާލަމެންޓަށް އޭނާ ހޮވުނީ 2018 ގަ އެވެ. ތާލިބާނުން ވެރިކަމަށް އައުމާ ހަމައަށް ވެސް ދިޔައީ އެ ގޮނޑި ފުރަމުންނެވެ.

ޕާލަމެންޓުގެ ޑިފެންސް ކޮމިޝަންގެ މެމްބަރެއްގެ އިތުރުން އިންސްޓިޓިއުޓް ފޯ ހިޔުމަން ރިސޯސަސް ޑެވެލޮޕްމަންޓް އެންޑް ރިސާޗްގައި އޭނާ ހިދުމަތް ކުރި އެވެ.