Advertisement

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ނަޝީދަށް ބޭނުންވަނީ އެންމެ އަހަރެއް

16 ޖަނަވަރީ 2023 - 13:08 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ނަޝީދަށް ބޭނުންވަނީ އެންމެ އަހަރެއް

16 ޖަނަވަރީ 2023 - 13:08 1

އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާތާ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މި މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ ކަންބޮޑުވާ ކަމަކީ ބޯހިޔާވުމުގެ މައްސަލަ ކަމަށާއި އެކަން ހައްލުކުރުމަށް ހުޅުމާލޭގެ ލޭންޑް ޔޫޒް ޕްލޭން ބަދަލުކުރަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހުޅުމާލޭގައި އެބައޮތް ކަމަށާއި އެ ބިމުގައި ގިނަ ޕާކުތަކާއި ބޮޑެތި މޯލުތައް އެޅުމުގެ ބަދަލުގައި ރާއްޖޭގައި ކުރެވެން އޮތް ފެންވަރުގައި އަވަހަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު (ވެރިކަމެއްގައި) އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ކުރާނަން، މާލޭ ހުރިހާ އެންމެނަށް! މިތަނުގެ ހުރިހާ އެންމެނަށް އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަން އަޅުގަނޑު ހޯދައިދޭނަން"

މާލޭގެ ބޯހިޔާ ވަހިކަމަށް އޮތް ހައްލު ތަފުސީލުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ ހުޅުމާލޭގެ ލޭންޑް ޔޫޒް ޕްލޭންވެސް އަދި ހުޅުމާލޭގެ ޑިވެލޮޕްމަންޓު ވިސްނުންވެސް ބަދަލުކުރަން ޖެހޭ ކަމަށާއި، އެކަން އެގޮތަށް ކުރުމުން މާލޭގެ ރައްޔިތުންނަށް ވަގުތުން ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.

"މިހާރު މިއޮތް ހުޅުމާލޭގެ ލޭންޑް ޔޫޒް ޕްލޭންއަށް ތަބާވެގެން ތިބެ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދެވޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަ އިތުރަށް ތަފުސީލުކޮށްދިނުމަށް ނޫސްވެރިޔަކު އެދުމުން އެމަނިކުފާނު ވިދާޅުވީ މާލެ "ސްލަމް" އެއްހެން އޮތް އިރުގައި މާލެއާއި ޖެހިގެން އޮތް ހުޅުމާލެ ހޮންކޮންގު، ދުބާއި ނުވަތަ ސިންގަޕޫރުގެ ފެންވަރުގައި އޮންނަން ނުޖެހޭ ކަމަށެވެ.

އަދި ހުޅުމާލޭގެ ތަރައްގީގައި ވިސްނުން ބަހައްޓަންވީ "ސްލަމް" އެއް ސާފުކުރުމުގެ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

"އާބާދީ ސާޕްލަސް ވާކަށް ނުޖެހޭ ހަމައެކަނި ބިއްލޫރިއާ، ކޮންކްރީޓާ، ގަހާ، މަންޒަރާ، ބޮތްކަށް ޓަކައެއް"

ނަޝީދު އިތުރަށް ވިދާޅުވީ ހުޅުމާލޭގެ ޕްލޭން ކުރަން ޖެހެނީ އޯގެނިކް ކޮށް ކަމަށާއި އެ ޕްލޭންގެ ދަށުން ރައްޔިތުންގެ ބޭނުންތައް ފުދެން ޖެހޭ ކަމަށެވެ.