16 ޖަނަވަރީ 2023 - 12:03 0
އައިޝަތު ނުޒުހާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ؛ މި އަހަރަށް މަޖިލިސް ހުޅުވާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު--- ފޮޓޯ: އަބްދުﷲ އިޔާން
16 ޖަނަވަރީ 2023 - 12:03 0
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާނީ އަންނަ މަހުގެ ހަ ވަނައަށް ވާ ހޯމަ ދުވަހު ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
ކޮންމެ އަހަރެއްގެ ވެސް މަޖިލިސް ފަށާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އެގޮތުން، ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެ މަތިން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
ފުރަތަމަ ޖަލްސާގެ އެޖެންޑާ މިހާތަނަށް އާންމުކޮށްފައި ނުވިނަމަވެސް، އެޖެންޑާގައި އޮންނާނީ ރިޔާސީ ބަޔާން އިއްވެވުން އެކަނި ކަމަށް ބެލެވެ އެވެ.
މަޖިލީހުގެ މަސައްކަތްތައް އަހަރެއްގެ މައްޗަށް ތިން ދައުރަކަށް ބެހިގެންދެ އެވެ. މިދިޔަ އަހަރު މަޖިލިސްގެ މަސައްކަތްތައް ނިންމައި ޗުއްޓީއަށް ގޮސްފައި ވަނީ ނޮވެމްބަރު 28، ގަ އެވެ.
ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެބުރުއަރީ މަހުން ފެށީގެން އެޕްރީލް މަހުގެ ނިޔަލަށް ހިނގާއިރު ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment