Advertisement

ކުރީގެ ބައިވެރިޔާއަށް ބަހުގެ ހަމަލާ ފޮނުވި ލަވައިން ރެކޯޑު މުގުރާލައިފި

15 ޖަނަވަރީ 2023 - 07:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލަވަކިޔުންތެރިޔާ ޝަކީރާ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ކުރީގެ ބައިވެރިޔާއަށް ބަހުގެ ހަމަލާ ފޮނުވި ލަވައިން ރެކޯޑު މުގުރާލައިފި

15 ޖަނަވަރީ 2023 - 07:44 0

ކުރީގެ ބަައިވެރިޔާ ޖެރާޑް ޕީކޭ، ޝަކީރާއަށް ބޭވަފާތެރިވި ގޮތާ ބެހޭ ގޮތުން ނެރުނު ލަވަޔަކުން ޔޫޓިއުބްގެ ރެކޯޑުތައް މުގުރާލައިފި އެވެ.

"އައުޓް އޮފް ޔޯ ލީގް" ލަވައިގެ ވީޑިއޯ 24 ގަޑިއިރު ތެރޭގައި 63 މިލިއަން ފަހަރު ބަލާފައިވެ އެވެ. އެއީ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ވިޔުޒް ލިބުނު ލެޓިން ލަވަ އެވެ.

އުމުރުން 45 އަހަރުގެ ޝަކީރާ އާއި ބާސެލޯނާގެ ކުރީގެ ފުޓްބޯޅަ ތަރި، އުމުރުން 35 އަހަރުގެ ޕީކޭ 10 އަހަރު އެކުގައި އުޅުމަށް ފަހު ވަކިވީ 2022 ގަ އެވެ.

އެ މީހުންނަށް ދެ ދަރިން ލިބިފައިވެ އެވެ. ބަހުގެ ހަމަލާތަކެއް އަމާޒުކުރި ލަވަޔާ ގުޅޭ ގޮތުން ޕީކޭ މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

ހަތަރު މިނެޓުގެ އެ ޕޮޕް ލަވަޔަކީ ޝަކީރާ އާއި އާޖެންޓީނާގެ ޕްރޮޑިއުސަރު އަދި ޑީޖޭ ބިޒައްރަޕް އެކުގައި ކުރި ފުރަތަމަ މަސައްކަތެވެ.

މީގެ ކުރިން ވެސް ޝަކީރާ ވަނީ ދެ މީހުންގެ ގުޅުން ނިމުމުން ލަވަޔެއް ނެރިފަ އެވެ. އެކަމަކު މީގެ ތިން މަސް ކުރިން ނެރުނު "މޮނޮޓޯނިއާ" އަކީ ބޮޑަށް ހިތާމައިގެ ލަވަޔެކެވެ.

އެއާ ހިލާފަށް "އައުޓް އޮފް ޔޯ ލީގް" އަކީ ބަދަލު ހިފުމުގެ ރޫހު އެކުލެވޭ ލަވަޔެކެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕީކޭ، ޝަކީރާއާ ވަކިވީ އުމުރުން 23 އަހަރުގެ އަންހެނަކާ އެކު ލޯބީގެ ގުޅުން އުފެދުމުންނެވެ.