Advertisement

އާ އަޕްޑޭޓާ އެކު ދިރާގު އެޕަށް ތަފާތު ފީޗާތަކެއް

11 ޖަނަވަރީ 2023 - 16:43 0

މާލޭގައި ހުންނަ ދިރާގުގެ ހެޑު އޮފީސް -- ފޮޓޯ: ޝާބިން / އަދަދު


އާ އަޕްޑޭޓާ އެކު ދިރާގު އެޕަށް ތަފާތު ފީޗާތަކެއް

11 ޖަނަވަރީ 2023 - 16:43 0

ދިރާގުގެ ކަސްޓަމަރުންގެ އެކައުންޓުތަކާއި ހިދުމަތްތައް ފަސޭހައިން މެނޭޖުކޮށްލެވޭ މުޅިން އާ ފީޗާސްތަކެއް ހިމަނައިގެން އެ ކުންފުނީގެ އެޕަށް އާ އަޕްޑޭޓެއް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ އަލަށް ތައާރަފު ކުރި އަޕްޑޭޓާ އެކު ދިރާގުގެ އެޕު މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު މޯބައިލް ޕްލޭންތަކާއި ހޯމް ފައިބަރު ބުރޯޑުބޭންޑު ޕެކޭޖުތައް ބަދަލުކުރެވޭނެ އެވެ. ކުރިން މި ބަދަލު ގެނެވޭނީ ހަމައެކަނި ދިރާގު މައި އެކައުންޓު ޕޯޓަލް މެދުވެރިކޮށެވެ.

އޭގެއިތުރުން އެ ކުންފުނީގެ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ފާއިތުވި ބާރަ މަސް ދުވަހުގެ ބިލުގެ ފުރިހަމަ ތަފުސީލު މިހާރު އާ އަޕްޑޭޓާ އެކު އެޕު މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ދިރާގު އެޕްއަށް ލޮގިންކޮށްލުމަށްފަހު "ވިއު ބިލްސް" ސެކްޝަނަށް ދިޔުމުން ބިލުގެ މައުލޫމާތު ފެންނާނެ އެވެ.

އަދި، ދިރާގު ޕޯސްޓުޕެއިޑު 150 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބު ކޮށްފައިވާ ކަސްޓަމަރުންނަށް އެ އެޕުގައިވާ "އެޑޯން ބެލެންސް" ބަޓަނަށް ފިތާލައިގެން މިހާރު ރިކަރަންޓު އެޑޯންތައް ވެސް ކެންސަލް ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ގޫގުލް ޕްލޭ ސޯޓުރުންނާއި އެޕް ސްޓޯރު މެދުވެރިކޮށް މިހާރު ދިރާގު އެޕް އަޕްޑޭޓު ކުރެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށް ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.