Advertisement

މާލެތެރެ ބެލެހެއްޓުމަށް "މަގުފާރަވެރިން" އުފައްދަނީ

11 ޖަނަވަރީ 2023 - 14:43 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ސިޓީ ކައުންސިލުން ބުނީ މަގުފާރަަވެރިން ހަރަކާތްތެރިވާންފެށުމުން ގިނަ ކަންތައްތަކަކަށް ހައްލު ލިބޭނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މާލެތެރެ ބެލެހެއްޓުމަށް "މަގުފާރަވެރިން" އުފައްދަނީ

11 ޖަނަވަރީ 2023 - 14:43 0

މާލޭގެ މަގުތައް ބެލެހެއްޓުމަށްް "މަގުފާރަވެރިން" އުފެއްދުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީގެ މަގުތައް ބެލެހެއްޓުމަށް މަގުފާރަވެރިން ނެގުމަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގަ އެވެ.

މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމަކީ:

  • މަގުމަތީގައި އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލުން
  • ޕާކުކޮށްފައިވާ އުޅަނދުތައް ޕާކުކޮށްފައި ހުންނަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން
  • މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފއިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބެލުމާއި ރިޕޯޓުކުރުން
  • އިމާރާތް ކުރުމަށް މަގު ބަންދުކުރަނީ ހުއްދަ ދީފައިވާ ވަގުތުތަކުގައިތޯ އަދި މިންވަރަށްތޯ ބެލުން
  • މަސައްކަތް ނިމުމުން ފެންސު ނަގާ ސާފްކުރުމުގެ ކަންކަން ދާ ގޮތް ބެލުން
  • މަސައްކަތް ކުރަނީ އިމާރާތް ކުރުމަށް ދެވޭ ހުއްދަތަކާ އެއްގޮތަށްތޯ ބެލުން
  • އިމާރާތްތަކުގެ ފެންހޮޅިތަކާއި، ކެފޭ/ރެސްޓޯރެންޓުގެ ދުން ހޮޅިތައް ހުންނަނީ އާންމުންނަށް އުނދަގޫ ނުވާނޭ ގޮތަށްތޯ ބެލުން

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން މާލޭގެ މަގުތައް ފުރިހަމަ ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަމިއްލައަށް ފެނިިގެން ކަންކަން ރަނގަޅުކުރީމާ އަބަދު ޑިފެންސިވް މޯޑުގައި ނުތިބެ އަޅުގަނޑުމެން ކަންކަން ހޯދީމަ ކަންކަން ރަނގަޅުކުރުން އަވަސްވެގެން ދާނެ،" މުއިއްްޒު ވިދާޅުވި އެވެ.

އަދި މަގުމަތީގެ ގަވައިދުތަކާ ހިލާފުވާ މީހުންނަށް ފުލުހުން ފިޔަވަޅު އެޅުމުގެ ކުރިން އެކަންކަން ރިޕޯޓުކޮށް ރަނގަޅުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މަގުފާރަވެރިން އުފައްދައި އެ ހިދުމަތް ފެށުމުން ގިނަ ކަންތައްތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.