Advertisement

މާލޭގެ ރައްޔިތުންނަށް ހަމަ ނޭވާ ލެވޭނެ ގޮތް ހަދަައިދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

11 ޖަނަވަރީ 2023 - 08:42 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ސޯލިހު ކެމްޕޭނުގެ ތެރެއިން މާލޭގައި ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން: ރައީސް ވަނީ މާލޭގެ ރައްޔިތުންނަށް ހަމަ ނޭވާ ލެވޭނެ ގޮތް ހަދަައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މާލޭގެ ރައްޔިތުންނަށް ހަމަ ނޭވާ ލެވޭނެ ގޮތް ހަދަައިދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

11 ޖަނަވަރީ 2023 - 08:42 1

މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށްދީ ހަމަނޭވާ ލެވޭނެ ގޮތް ހަދައިދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

މި މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެމަނިކުފާނުގެ ކެމްޕޭނުން މާލޭ ދާއިރާ މެންބަރުންނާއި ރައީސްގެ ކެމްޕޭން ޓީމު ތަކާއި ރޭ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މާލޭގައި ދޮރުން ދޮރަށް ހިންގެވި އިރު މާލޭގެ ރައްޔިތުން އެދިފައިވަނީ ހަމަ ނޭވާ ލެވޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ.

"ބޯހިޔާވެހިކަން ލިބެންޖެހޭ، ޓްރެފިކަށް ހައްލު ގެންނަންޖެހޭ، މާލޭގައި އެހުރި ކެމިކަލް ގުދަންތަކާއި ގަރާޖުތައް މިތަނުން ބޭރުކުރެވެން ޖެހޭ. މިއީ މާލޭ ރައްޔިތުންގެ އިހުސާސްތަކަކީ. މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހަދައިދޭންޖެހޭ. ބިރުވެރިކަމެއް ނެތި އާއިލާއާއެކު ބޭރަށް ނުކުމެ އުޅުވޭ ތަނަކަށް ހަދައިދޭންޖެހޭ. މިއީ މާލޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް އޭރުވެސް އައި އިހުސާސްތަކަކީ،" ރައީސް ވިދާޅުވި އެވެ.

އެކަން ކުރައްވާ މާލޭގައި 'ހަމަ ނޭވާ ލެވޭނެ' ކަމުގެ ޔަގީންކަން ރައީސް ދަރުބާރުގޭގައި ހުންނަވާ އަނެއްކާވެސް ވަނީ ދެއްވާފަ އެވެ.

މިކަން ކަށަވަރު ކުރުމަށް ރައީސް ސޯލިހުގެ ނިމިދިޔަ ހަތަރު އަހަރުގައި ކުރެވުނު މަސައްކަތްތަކަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ އެއްވެސް ސަރުކާރަކުން ފަސް އަހަރު ދުވަހުގެ ތެރޭގައި ނުހިންގާ ވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

"ތިބޭފުޅުން ގަބޫލު ކުރައްވައްޗޭ އަޅުގަނޑު މި ދައްކާ ވާހަކަ. މިއީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކަތަކެއް ނޫން. ވޯޓަކާ މިކަމަކާ ނެތް ގުޅުމެއް. އިރާދަ ކުރެއްވިއްޔާ މި އަހަރުގެ މެދަށް އަންނަ އިރުގައި އަޅުގަނޑު އެ ވީ ވައުދާ އެއްގޮތށް މާލޭގެ ރައްޔިތުންނަށް މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ގޯތި ކަނޑައި ދޭނަން"

ކެމްޕޭނުގައި އެކި ރަށްރަށުގައިވެސް ދެއްވި ޔަގީންކަން ތަކުރާރުކުރައްވާ ރައީސް އިތުރަށް ވިދާޅުވީ މި އަހަރުގެ މެދަށް އަންނަ އިރުގައި އެމަނިކުފާނުގެ ވައުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑައި ދޭނެ ކަމަށެވެ. އަދި މި ސަރުކާރުން އަޅަންފެށި ފުލެޓުތައް ނިންމައި، މި އަހަރުގެ ތެރޭގައި އެ ފުލެޓުތަކަށް މީހުނަށް ވަދެވޭ ވަރު ކޮށްދޭނެ ކަމަށާއި މިއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ހާސިލް ނުކުރެވުނު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ފްލެޓުގެ ވާހަކައެއް ވެސް އެހެން ބޭފުޅަކު ދައްކާނެ ކަމެއް ނެތް. ގޯތީގެ ވާހަކަ ވެސް އެހެން ބޭފުޅަކު ދައްކާނެ ކަމެއް ނެތް،" ވާދަވެރި ކެންޑިޑޭޓު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވަމުން ރައީސް ރޭ ވިދާޅުވި އެވެ.

ރައީސް މިގޮތަށް ރައްދު ދެއްވާފާވާއިރު ނަޝީދު އަންނަނީ އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާތަކުގައި ރައީސް ސޯލިހުގެ ގިނަ ސިޔާސަތުތަކަށް ތަކުރާރުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށްވެސް އެކި ފަހަރު މަތިން ވަނީ ފާޑުވިދާޅުވެފަ އެވެ.