Advertisement

އިނގިރޭސިވިލާތުން ލޯންޗުކުރި ފުރަތަމަ ސެޓެލައިޓް މިޝަން ފެއިލްވެއްޖެ

11 ޖަނަވަރީ 2023 - 07:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރޮކެޓް ލޯންޗުކުރީ އިނގިރޭސިވިލާތުގެ ސްޕޭސްޕޯޓް ކޯންވޯލްއިން. -- ފޮޓޯ: ރޮއިޓާޒް


އިނގިރޭސިވިލާތުން ލޯންޗުކުރި ފުރަތަމަ ސެޓެލައިޓް މިޝަން ފެއިލްވެއްޖެ

11 ޖަނަވަރީ 2023 - 07:44 0

އިނގިރޭސިވިލާތުގައި ލޯންޗުކުރި ފުރަތަމަ ސެޓެލައިޓް މިޝަން ފެއިލްވެއްޖެ އެވެ.

އެމެރިކަން ވާޖިން އޯބިޓް ކުންފުނިން އޮޕަރޭޓް ކުރާ ޖަމްބޯ ޖެޓެއްގައި ރޮކެޓް އުފުލީ ކޯންވޯލްގެ ނިއުކީއިން ނައްޓާލައިގެން ގޮސް، އެޓްލާންޓިކް ކަނޑުން ޖައްވަށް ދަތުރު ކުރުމަށެވެ.

ރޮކެޓް ލޯންޗުކުރުމުން ފުރަތަމަ ފެނުނީ ރަނގަޅަށް ދަތުރު ކުރި މަންޒަރެވެ. އެހެން ނަމަވެސް، އިރުކޮޅަކުން ކުންފުނިން ބުނީ ރޮކެޓަށް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.

ރޮކެޓުގައި ގެންދިޔަ ސެޓެލައިޓްތަައް އޯބިޓަށް ދޫކޮށްނުލެވުނެވެ. ވާޖިންގެ އޯބިޓް ސިސްޓަމްއަކީ ވަރަށް އާ ނިޒާމެކެވެ. އެ އޮޕަރޭޓް ކުރަން ފެށީ 2020 ގަ އެވެ.

ވާޖިން އޯބިޓް ސިސްޓަމްގެ ފުރަތަމަ ދަތުރު ވެސް ފެއިލްވި އެވެ. އެހެން ނަމަވެސް، އޭގެ ފަހުން ކާމިޔާބުކަމާ އެކު ހަތަރު ދަތުރުކޮށްފި އެވެ.

ޔޫކޭ ސްޕޭސް އެޖެންސީގެ ލޯންޗު ޑިރެކްޓަރު މެޓް އާޗާ ވިދާޅުވީ މައްސަލަ ދިމާވީ ރޮކެޓްގެ އެންމެ މަތީ ބަޔަށް ކަމަށެވެ.

"ދެ ވަނަ ސްޓޭޖުގެ އިންޖީނަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އޯބިޓާ ހަމައަށް ނުފޯރި،" އޭނާ ވިދާޅުވި އެވެ.

ވާޖިން އޯބިޓް އާއި އިނގިރޭސި ބައެއް އިދާރާތައް ގުޅިގެން ވަނީ އެކަން ދިމާވި ގޮތުގެ ތަހުގީގެއް ފަށައިފަ އެވެ. ރޮކެޓް ލޯންޗުކުރާ މަަންޒަރު ބަލަން ގިނަ ބަޔަކު ޖަމާވި އެވެ.

މީގެ ކުރިން ވެސް އިނގިރޭސިވިލާތުން ރޮކެޓް ލޯންޗުކޮށްފައިވެ އެވެ. އެކަމަކު އޯބިޓަށް ސެޓެލައިޓް ފޮނުވުމަށް ހާއްސަ މިޝަނެއް ނުގެންދެ އެވެ.