Advertisement

ޔޫކްރެއިން ސިފައިންގެ 600 މީހުން މަރާލި ވާހަކަ ދޮގުކޮށްފި

9 ޖަނަވަރީ 2023 - 08:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ މިސައިލް ހަމަލާއެއް އަމާޒުވި ސަރަހައްދު. -- ފޮޓޯ: ރޮއިޓާޒް


ޔޫކްރެއިން ސިފައިންގެ 600 މީހުން މަރާލި ވާހަކަ ދޮގުކޮށްފި

9 ޖަނަވަރީ 2023 - 08:37 0

ރަޝިއާއިން ދިން ހަމަލާއެއްގައި ޔޫކްރެއިން ސިފައިން 600 އަށް ވުރެ ގިނަ މީހުން މަރާލި ކަމަށް ބުނެ ފަތުރަނީ "ޕްރޮޕެގެންޑާ" ކަމަށް ޔޫކްރެއިނުން ބުނެފި އެވެ.

ރަޝިއާއިން ބުނީ "ބޮޑު މިސައިލް ހަމަލާއެއްގައި" އިރުމަތީ ކްރަމަޓޯސްކް ސިޓީއިން ޔޫކްރެއިން ފައުޖުގެ 600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

އެއީ އާ އަހަރު ފެށުމާ ދިމާކޮށް ރަޝިއާގެ އަސްކަރީ މަރުކަޒަކަށް ޔޫކްރެއިނުން ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ފޮނުވި މިސައިލެއް ކަމަށް ރަޝިއާއިން ބުންޏެވެ.

އެކަމަކު ޔޫކްރެއިންގެ ސިފައިން ބުނީ އެއީ ދޮގު ވާހަކައެއް ކަމަށެވެ. އެ ވާހަކަ ސާބިތު ކުރުމަށް ރަޝިއާއިން މިހާތަނަށް އެއްވެސް ހެއްކެއް ނުދައްކަ އެވެ.

އެހެން ނަމަވެސް ގޫގްލް ސެޓެލައިޓް ފޮޓޯއަށް ބަލާއިރު، ކްރަމަޓޯސްކް ސިޓީގެ ދެ ތަނަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށް ބީބީސީއިން ބުނެ އެވެ.

އެ ހަމަލާގެ އިތުރުން ވެސް ޔޫކްރެއިންގެ އެކި ހިސާބުތަކުގައި ހަމަލާ ބަދަލުކުރި އެވެ. ޔޫކްރެއިނުން ބުނީ ހާރްކީވް ސަރަހައްދުން އެކަކު މަރުވި ކަމަށެވެ.

އޭގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރިއްޒިޒިއާ އާއި މެލިޓޮޕޯލް ސިޓީއިން ވެސް ގޮވުންތަކުގެ އަޑު އިވުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.