Advertisement

ބަދަލު ހިފުމުގެ ގޮތުން އައްޑޫގައި ޓެރަރިސްޓު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފި

8 ޖަނަވަރީ 2023 - 20:51 3


ބަދަލު ހިފުމުގެ ގޮތުން އައްޑޫގައި ޓެރަރިސްޓު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދީފި

8 ޖަނަވަރީ 2023 - 20:51 3

ބަދަލު ހިފުމުގެ ގޮތުން އައްޑޫގައި ޓެރަރިސްޓު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މިއަދު ފުލުހުން ވަނީ އެފަދަ އިންޒާރެއް ލިޔެފައިވާ ކަރުދާހެއްގެ ފޮޓޯއެއް މީޑިއާތަކާ ހިއްސާކޮށްފަ އެވެ. އެގޮތުން، އޭގައި ލިޔެފައި ވަނީ އައްޑޫ ސިއްސުވާލާނެ ކަމަށާއި ލޭ އޮހޮރުވުމަކަށް ނުގޮސް އަމާން ދިނުމަށް އިންޒާރު ދީފަ އެވެ.

"އަދި، އަޚުންތައް ދޫކޮށްލާ!!!

މިއީ އެންމެ ފަހުގެ އިންޒާރު!!!"

އަތުލިޔުމުން ލިޔެ އައްޑޫގައި ދީފައިވާ އިންޒާރު --- ފޮޓޯ: ފުލުހުން


އެ އިންޒާރުގައި އެ ބަޔާންކުރަނީ ކޮން ބައެއް ދޫކޮށްލުމަށް ކަމެއް އެނގެން ނެތެވެ. މިފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް އެކަން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫގައި ސިފައިންގެ ވަރުގަދަ ތަމްރީނުތަކެއް މިހާރު ވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު އެ ސިޓީގައި ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ފުލުހުންނާއި ސިފައިން ވަނީ ގިނަ ބަޔަކު މަރާލައިގެން ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ނާކާމިޔާބުކޮށްލާފަ އެވެ. މާލެ، އައްޑޫ އަދި ކ. ގުރައިދޫގައި ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 14 މީހަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން 10 މީހަކީ އައްޑޫއިން ހައްޔަރުކުރި މީހުންނެވެ.

މި އެންމެންނަށްވެސް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާއިރު އައްޑޫއިން ހައްޔަރުކުރި މީހެއްގެ ގެއިން ބާރުގަދަ ގޮވާތަކެތި ހަދަން ބޭނުންކުރާ ކެމިކަލްތަކަކާއި ސާމާނު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްއެންޑީއެފް އިން ބުނީ އިއްޔެ ފެށުނު ތަމްރީނާ މި އޮޕަރޭޝަނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.