Advertisement

ޕުޓިންގެ އަމުރެއް ނުހިނގި، ހަމަލާތައް ކުރިއަށް

7 ޖަނަވަރީ 2023 - 06:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހުކުރު ދުވަހު ރަޝިއާގެ މިސައިލްތަކުން 14 އިމާރާތަށް ގެއްލުން ލިބުނު. -- ފޮޓޯ: ކްރަމަޓޯސްކް ސިޓީ ކައުންސިލް


ޕުޓިންގެ އަމުރެއް ނުހިނގި، ހަމަލާތައް ކުރިއަށް

7 ޖަނަވަރީ 2023 - 06:33 0

ހުކުރު ދުވަހުން ފެށިގެން 36 ގަޑިއިރު ވަންދެން ޔޫކްރެއިންގައި ހަމަލާތައް މެދުކަނޑާލަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަމުރު ކުރެއްވި ނަމަވެސް ހުއްޓުމެއް ނެތި ހަމަލާ ބަދަލުކޮށްފި އެވެ.

ރަޝިއާގެ ހަމަލާއެއްގައި ޔޫކްރެއިންގެ ރެސްކިއު މަސައްކަތްތެރިއަކު މަރުވި އިރު، ރަޝިއާގެ ދައުލަތުގެ ޓީވީއިން ބުނީ ޑޮނެސްކް ސިޓީއަށް ހަމަލާތަކެއް އަމާޒުކުރި ކަމަށެވެ.

އޯތޮޑޮކްސް ނަސާރާއިންގެ ކްރިސްމަސް ދުވަހާ ދިމާކޮށް ހަމަލާ މެދުކަނޑާލަން ރަޝިއާއިން ހުށަހެޅި ނަމަވެސް، ޔޫކްރެއިނުން އެ ހުށަހެޅުން ގަބޫލެއް ނުކުރި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ހުކުރު ދުވަހު ދަންވަރު 12:00 އިން ފެށިގެން ޕުޓިންގެ އަމުރު ތަންފީޒު ކުރަން ފެށި ނަމަވެސް، ޔޫކްރެއިނުން ހަމަލާދެމުން ދިޔަ ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ ހަމަލާ މެދުކަަނޑާލާ ކަމަށް ބުނީ އެ ގައުމުގެ ފައުޖުތައް ހުއްޓުވާލައި ރަޝިއާއިން އިތުރު ސިފައިންނާއި ހަތިޔާރު ނެރުމަށް ވަގުތު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ރަޝިއާގެ ނަސާރާއިންގެ އޯތޮޑޮކްސް ފައްޅިން ކްރިސްމަސް ދުވަސް ފާހަގަކުރަނީ އެހެން ގައުމުތަކާ ހިލާފަށް ޖެނުއަަރީ ހަތް ވަނަ ދުވަހު އެވެ.

ޔޫކްރެއިންގައި ވެސް ބައެއް މީހުން ކްރިސްމަސް ފާހަގަކުރަނީ ޖެނުއަރީ ހަތް ވަނަ ދުވަހު އެވެ. އެހެންވެ، ޖެނުއަރީ ހަތް ވަނަ ދުވަހާއި ޑިސެމްބަރު 25 ވެސް އެ ގައުމުގައި ބަންދެވެ.