Advertisement

އިނގިރޭސި ވަލީ އަހުދު، ކޮއްކޯފުޅު ހެރީއަށް ހަމަލާދިންކަމުގެ ތުހުމަތު

6 ޖަނަވަރީ 2023 - 05:23 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވަލީ އަހުދު އަމީރު ވިލިއަމް (ކ) އަދި ކޮއްކޯފުޅު އަމީރު ހެރީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިނގިރޭސި ވަލީ އަހުދު، ކޮއްކޯފުޅު ހެރީއަށް ހަމަލާދިންކަމުގެ ތުހުމަތު

6 ޖަނަވަރީ 2023 - 05:23 0

އިނގިރޭސިވިލާތުގެ ވަލީ އަހުދު އަމީރު ވިލިއަމް، ކޮއްކޯފުޅު އަމީރު ހެރީއަށް ހަމަލާދިން ކަމަށް ހެރީ ތުހުމަތު ކުރައްވައިފި އެވެ.

ދަ ގާޑިއަން ނޫހުން ބުނީ އެ ވާހަކަ ހިމަނާފައި އޮތީ ހެރީގެ އޮޓޯބަޔޮގްރަފީ "ސްޕެއާ" ގައި ކަމަށެވެ. ފޮތް އާއްމުކޮށް ޝާއިއު ކުރުމުގެ ކުރިން އެ ނޫހުން ވަނީ އޭގެ ކޮޕީއެއް ހޯދައިފަ އެވެ.

އެ ނޫހުން ރިޕޯޓު ކުރި ގޮތުގައި ވިލިއަމް، ހެރީއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރީ ޒުވާބެއްގެ ތެރެއިން ކަމަށެވެ. އެގޮތުން އެ ބަހުސް ހިނގީ ހެރީގެ އަނބިކަނބަލުން މޭގަންއާ ގުޅޭ ގޮތުންނެވެ.

"އަޅުގަނޑުގެ ގިރުވާނުގައި ހިފައި ދަމައިގަނެ، ކަރުގައި އޮތް ފަށް ހަލާކުވެ، ބިން މައްޗަށް ވައްޓާލި،" ހެރީ ފޮތުގައި ލިޔުއްވި ކަމަށް ގާޑިންއަން ނޫހުން ބުންޏެވެ.

އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސް އަދި ވަލީއަހުދުގެ ގަނޑުވަރު ކެންސިންގްޓަން ޕެލެސްއިން އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

"ސްޕެއާ" ނެރުމާ ދިމާކޮށް އައިޓީވީއަށް ހެރީ ދެއްވި އިންޓަވިއުގެ މުޅިން އާ ޓްރެއިލާއެއް ވެސް މިހާރު ވަނީ އާއްމުކޮށްފަ އެވެ.

އަންނަ މޭ މަހު ހެރީގެ ބައްޕާފުޅު ރަަސްގެފާން ޗާލްސްގެ ކޮރޮނޭޝަން ހަފުލާއަށް ދިޔުމާ މެދު ގޮތެއް ނުނިންމާ ކަމަށް ހެރީ ވިދާޅުވާ މަންޒަރު އޭގެން ފެނެ އެވެ.