Advertisement

ބައްޕަ އާއި ބޭބެ އަނބުރާ ބޭނުން: ހެރީ

4 ޖަނަވަރީ 2023 - 07:20 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސިވިލާތުގެ އަމީރު ހެރީ.


ބައްޕަ އާއި ބޭބެ އަނބުރާ ބޭނުން: ހެރީ

4 ޖަނަވަރީ 2023 - 07:20 0

ބައްޕަ އާއި ބޭބެ އަނބުރާ ބޭނުންވާ ކަމަށް އިނގިރޭސިވިލާތުގެ އަމީރު ހެރީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެ އެވެ.

އައިޓީވީގެ ޓޮމް ބްރެޑްބީއަށް ދެއްވި އިންޓަވިއުގެ ޓްރެއިލާ އާއްމުކޮށްފައިވާ އިރު، އިންޓަވިއު ދައްކާނީ ހެރީ އޮޓޯބަޔޮގްރަފީ ނެރުމާ ދިމާކޮށްފަ އެވެ.

އިންޓަވިއުގައި ހެރީ ވިދާޅުވީ އަލުން ގުޅުން ގާއިމްކުރުމަށް "އެމީހުން އެއްވެސް ވަރަކަށް ބޭނުން ނުވާ" ކަމަށެވެ. އެމެރިކާގެ ސީބީއެސްއިން ދެއްކި ޓްރެއިލާއެއްގައި ހެރީ ވިދާޅުވީ އެމަނިކުފާނަށް "ހިޔާނާތްތެރިވެފައިވާ" ކަމަށެވެ.

އެ ވާހަކަތާ ގުޅިގެން ވަކި އެއްޗެއް ބުނަން އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން ބޭނުމެއް ނުވެ އެވެ.

އައިޓީވީ އާއި ސީބީއެސްއަށް ހެރީ ދެއްވި އިންޓަވިއު ދައްކާނީ ޖެނުއަރީ އަށް ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ އޮޓޯބަޔޮގްރަފީ "ސްޕެއާ" ނެރުމަށް ހަމަޖެހިފައި ވަނީ އޭގެ ދެ ދުވަސް ފަހުންނެވެ.

އައިޓީވީން ބުނީ ހެރީ އާއި އެހެން ބޭފުޅުންނާ އޮތް ގުޅުންތަކާއި މަންމާފުޅު ޑަޔާނާ އަވަހާރަވުމާ ގުޅުން ހުރި އާ ވާހަަކަތައް އިންޓަވިއުއިން ފެނިގެން ދާނެ ކަމަށެވެ.

"ސްޕެއާ" ނެރުމަށް ތައްޔާރުވެފައިވާ އިރު، ހެރީ އާއި އަނބިކަނބަލުން މޭގަންގެ ޑޮކިޔުސީރީޒް ވެސް ދާދި ފަހުން ނެޓްފްލިކްސްގައި ރިލީޒްކުރި އެވެ.