Advertisement

އެކްސިޑެންޓަކަށް ފަހު ޖެރެމީ ރެނާ "ކްރިޓިކަލް" ހާލަތެއްގައި

3 ޖަނަވަރީ 2023 - 06:31 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖެރެމީ ރެނާ ވަނީ "އެވެންޖާޒް" ފިލްމުން ފެނިގެން ގޮސްފައި.


އެކްސިޑެންޓަކަށް ފަހު ޖެރެމީ ރެނާ "ކްރިޓިކަލް" ހާލަތެއްގައި

3 ޖަނަވަރީ 2023 - 06:31 0

މާވެލްގެ އެކްޓަރު ޖެރެމީ ރެނާއަށް ދިމާވި އެކްސިޑެންޓަކަށް ފަހު ހާލު "ކްރިޓިކަލް" ކަމަށް އޭނާގެ ތަރުޖަމާނު ބުނެފި އެވެ.

އުމުރުން 51 އަހަރުގެ އެކްޓަރަށް އަނިޔާވީ ސްނޯއެއް ކައިރި ކުރަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގަ އެވެ. ހާލު "ކްރިޓިކަލް" ނަމަވެސް އެއް ހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށްވެ އެވެ.

އެމެރިކާގެ ނެވާޑާގެ ރޭނޯ ކައިރީގައި ރެނާ ދިރިއުޅޭ ގޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައީ ވައިގެ މަގުން އާދީއްތަ ދުވަހު އެވެ.

އެމެރިކާއަށް ކުރިމަތިވެފައިވާ ފިނީގެ ތޫފާނުގައި 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެތައް ބަޔަކަށް އެކި ކަހަލަ އަނިޔާތަކެއް ލިބިފައިވެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސްނޯއެއް ކައިރި ކުރަަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ރެނާއަށް އެކަންޏެވެ. އެ ހާދިސާ ހިނގި ގޮތުގެ ތަހުގީގެއް ވަނީ ފަށައިފަ އެވެ.

ރެނާގެ އެންމެ މަގްބޫލް ރޯލަކީ މާވެލް ސިނެމަޓިކް ޔުނިވާސްގައި ހޯކްއައިގެ ރޯލެވެ. އޭގެ އިތުރުން "ދަ ހާޓް ލޮކާ" ފިލްމުން އޮސްކާ އެވޯޑަށް ވެސް އޭނާ ނޮމިނޭޓްވި އެވެ.

އޭގެ އިތުރުން "އެމެރިކަން ހަސްލް" އަދި "މިޝަން އިމްޕޮސިބަލް ގޯސްޓް ޕްރޮޓޮކޯލް" އިން ވެސް އޭނާ ފެނުނެވެ. "ދަ ޓައުން" ގައި ކުޅުނު ރޯލަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ އެވޯޑަށް ނޮމިނޭޓްވި އެވެ.