Advertisement

ހިޔާ ޓަވަރު ދޭއް އަދި ތިނެއްގައި ސެލިއުލާ ޓަވަރުތައް ޖަހަނީ

31 ޑިސެންބަރު 2022 - 11:55 0

ނިމާ ހަސަން

ނިމާ ހަސަން

ހިޔާ ފްލެޓްތައް: ދެވަނަ އަދި ތިންވަނަ ޓަވަރުގައި މޯބައިލް ވަކަރޭޖު ރަނގަޅު ކުރުމަށް ސެލިއުލާ ޓަވަރުތައް ޖެހުމަށް ވަނީ ނިންމާފައި -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހިޔާ ޓަވަރު ދޭއް އަދި ތިނެއްގައި ސެލިއުލާ ޓަވަރުތައް ޖަހަނީ

31 ޑިސެންބަރު 2022 - 11:55 0

ހިޔާ ފްލެޓްތަކުގެ ޓަވަރު ދޭއް އަދި ތިނެއްގައި މޯބައިލް ކަވަރޭޖް ރަނގަޅު ކުރުމަށް އެ އިމާރާތްތަކުގެ މަތީގައި ސެލިއުލާ ޓަވަރުތަކެއް ޖެހުމަށް ނިންމައިފި އެވެ.

ހިޔާ ސަރަހައްދުގައި މޯބައިލް ކަވަރޭޖް ރަނގަޅު ކުރަން އެޗްޑީސީން ދިރާގާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ، ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށްފަހު އެވެ. ދިރާގާއެކު ވި އެއްބަސްވުމުގެ ދަށުން ދިރާގުން އެ ޓަވަރުތަކުގެ މަތީގައި ސެލިއުލާ ރޫފްޓޮޕް ޓަވަރުތަކެއް އިންސްޓޯލްކޮށް އޮޕަރޭޓް ކުރާނެ އެވެ.

އެއާއެކު ހިޔާ ސަރަހައްދުގެ މޯބައިލް ކަވަރޭޖް މިހާރަށްވުރެ ރަނަގޅުވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހިޔާ ސަރަހައްދުގައި އިތުރު ދެ ސެލިއުލާ ޓަވަރު ގާއިމުކުރުމަށް އެއްބަސްވެފައިވާއިރު، އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެޗްޑީސީން ވަނީ، އެންމެނަށް ބޭނުންކުރެވޭ ގޮތަށް ހަތަރު މުއާސަލާތީ ޓަވަރު ގާއިމްކޮށްފަ އެވެ. އެ ޓަވަރުތައް މެދުވެރިކޮށް ދިރާގައި އުރީދޫގެ މޮބައިލް ކަވަރޭޖް ހިދުމަތް މިހާރު ވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މުއާސަލާތީ އިންފްރާންސްޓްރަކްޗާ ގާއިމުކުރުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމުގައިވާއިރު، މި މަސް ތެރޭގައި ކޮމިއުނިކޭޝަންސް އޮތޯރިޓީން ވަނީ އެޗްޑީސީއަށް ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ދޫކޮށްފަ އެވެ.

ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ މަޝްރޫއުގެ ދަށުން މުއާސަލާތީ ކަންކަން ހަރުދަނާ ކުރުމުގެ އިތުރުން ޑިޖިޓަލް އިންފްރާންސްޓްރަކްޗާގެ މައިގަނޑު އެއް އަސާސް ކަމުގައިވާ އޯޕަން އެކްސެސް ނެޓްވޯކެއް އެޗްޑީސީން ވަނީ ގާއިމްކޮށްފަ އެވެ. އަދި އެ ނެޓްވޯކް މެދުވެރިކޮށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އުޅޭ ފަރާތްތަކަށް ދިރާގު، އުރީދޫ، މީޑިއާނެޓް އަދި އާރްއޯއެލްގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.