Advertisement

އެމްއޭސީއެލްގެ މާޝަލް ޓްރޭނިންތަކުގައި ވީއާރު ބޭނުންކުރަނީ

26 ޑިސެންބަރު 2022 - 15:34 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އެމްއޭސީއެލް އިން މިހާރު ވަނީ ވީއާރު ޓްރޭނިންތައް ފަށާފައި -- ފޮޓޯ: އެމްއޭސީއެލް


އެމްއޭސީއެލްގެ މާޝަލް ޓްރޭނިންތަކުގައި ވީއާރު ބޭނުންކުރަނީ

26 ޑިސެންބަރު 2022 - 15:34 0

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މާޝަލް ޓްރޭނިންތަކުގައި ވީއާރު ބޭނުންކުރަން ފަށައިފި އެވެ.

އަޔާޓާއާ ގުޅިގެން އެމްއޭސީއެލްއިން ވީއާރު ބޭނުންކޮށްގެން ޓްރޭނިން ފަށާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެމްއޭސީއެލްއިން ބުނީ މީގެ ކުރިން އެ ކުންފުނިން މާޝަލް ޓްރޭނިންް ދެނީ އެއާސައިޑަށް ޓްރޭނިންގައި ބައިވެރިވާ ފަރާތްތައް ނެރެގެން ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް ހާލަތްތަކުގައި އޮޕަރޭޝަނަށްް ބުރޫއަރާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް ރޭމްޕުގެ ޖެނެރަލް މެނޭޖަރު އަލީ ސައީދު ވިދާޅުވީ، މީގެ ކުރިން ޓްރޭނިންތަކުގައި ބޭނުންކުރަމުން ދިޔައީ މަތިންދާ ބޯޓު ކައިރީގައި ވެސް ބޭނުންކުރަމުން އަންނަ އިކުއިޕްމެންޓު ކަމަށާއި، ޓްރޭނިން ކްލާސްތަކުގައި ދަސްކޮށްދެވެނީ ހަމައެކަނި އަނގަބަހުން ކިޔައިދެވޭ އެއްޗެއް ކަމަށެވެ.

"މިހާރު މިއައި ބަދަލާއެކު ރިއަލް އެކިއުޕްމެންޓް ކައިރިއަށް ގެންދިއުމުގެ ކުރިން އެކަމުގެ ތަމްރީނު ލިބިފަ ދެން ގޮސް އެއްކަލަ ވީލްއަށް ނުވަތަ އިކިއުޕްމެންޓަށް އަރައިގެން އޮޕަރޭޓްކުރަން މި ފަށަނީ," ސައީދު ވިދާޅުވި އެވެ.

މިހާރު ބޭނުންކުރަން ފެށި ވީއާރު ޓްރޭނިންއާ އެކު ޓްރޭނިން ދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއީ ރާއްޖޭގައި ވީއާރު ބޭނުންކޮށްގެން މިފަދަ ޓްރޭނިންއެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.