Advertisement

ބްރައިޓަންގެ އުންމީދަކީ މެކް އަލިސްޓާ އެ ކްލަބުގައި މަޑުކުރުން

21 ޑިސެންބަރު 2022 - 06:58 0


ބްރައިޓަންގެ އުންމީދަކީ މެކް އަލިސްޓާ އެ ކްލަބުގައި މަޑުކުރުން

21 ޑިސެންބަރު 2022 - 06:58 0

ލަންޑަން (ޑިސެމްބަރު 21) - މި އަހަރުގެ ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބުކުރިިއިރު، މުބާރާތުގައި ވިދާލި އެއް ކުޅުންތެރިއަކީ އެ ޓީމުގެ މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާ އެވެ.

ބްރައިޓަން އަށް ކުޅެމުންދާ މެކް އަލިސްޓާ ވޯލްޑް ކަޕްގައި ދެއްކި ކުޅުމާ އެކު، ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ލޯ ވަނީ އޭނާ އަށް އަމާޒުވެފަ އެވެ. އެކަަމަކު، ބްރައިޓަންގެ އުންމީދަކީ މިހާރު އެ ކްލަބާއެކު މެކް އަލިސްޓާ ހަދާފައިވާ ކޮންޓުރެކްޓް ހަމަވަންދެން އޭނާ އެ ކްލަބުގައި މަޑުކުރުމެވެ.

މެކް އަލިސްޓާ ވަނީ ވަނީ ގަތަރުގައި ކުޅުނު ވޯލްޑް ކަޕްގައި ޖުމްލަ ހަ މެޗުގައި ކުޅެފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލެންޑް އަތުން އާޖެންޓީނާ މޮޅުވި މެޗުގައި އޭނާ ލަނޑު ވެސް ޖެހި އެވެ.

އަދި ފައިނަލްގައި މެޗުގައި އާޖެންޓީނާގެ އަންހެލް ޑިމާރިއާ ޖެހި އެ ޓީމުގެ ދެ ވަނަ ލަނޑުގައި އެސިސްޓް ހެދީ މެކް އަލިސްޓާ ،23، އެވެ.

މެކަލިސްޓާ ބްރައިޓަންއާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހަށެވެ. އަދި އިތުރު އެއް އަހަރަށް ކޮންޓުރެކްޓް އާކުރުމުގެ އިހްތިޔާރު އެބައޮތެވެ.

އެކަަމަކު، ވޯލްޑް ކަޕްގައި މެކަލިސްޓާ ދެއްކި ކުޅުމާއެކު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އޭނާ އަށް ފާރަލާނެ ކަމަށް ބްރައިޓަން އިން ވެސް ގަބޫލްކުރެއެވެ.

"އަހަރަމެންނަށް އެނގޭ މެކަލިސްޓާ އަށް އެހެން ކްލަބުތަކުން ޝައުގުވެރިވާނެކަން. އެކަމަކު އަހަރަމެންގެ އަމާޒަކީ ވީހާ ވެސް ގިނަ ދުވަހަކަށް އޭނާ މި ކްލަބުގައި ހިފެހެއްޓުން،" ބްރައިޓަން ޗީފް އެގްޒެކުޓިވް ޕޯލް ބާބާ ބުންޏެވެ.

"ކުޅުންތެރިންނާއި ކޯޗުންގެ ޕާފޯމަންސް ރަނގަޅުވީމަ އެހެން ކްލަބުގެ ލޯ އަމާޒުވާނެކަން މި ފަހުން ވެސް އޮތީ ފެނިފައި. އެއީ މި ކްލަބަށްވުރެ މުއްސަނދި ކްލަބުތައް."

ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބްރައިޓަން އިން ވަނީ އެ ކްލަބުގެ މުހިންމު ކުޅުންތެރިންތަކެއް ވިއްކާލައިފަ އެވެ. އޭގެ ތެރޭގައި މާކް ކުކުރެލާ އާއި ޔްވެސް ބިސޫމާ އާއި ނީލް މޯޕޭ އަދި ބެން ވައިޓް ހިމެނެއެވެ.

ބާބާ ބުނީ ވޯލްޑް ކަޕާއެކު މެކަލިސްޓާ އަށް އޮތް ޑިމާންޑް މައްޗަށް ދާނެކަން އެނގޭ ކަމަށާއި އެ ކްލަބުގެ އަމާޒަކީ މިހާރު މެކެލިސްޓާއެކު ހަދާފަައިވާ ކޮންޓުރެކްޓް ދެމެހެއްޓުން ކަމަށެވެ.

އާޖެންޓީނޯސް ޖޫނިއާސް އަށް 2016 ވަނަ އަހަރު ކުޅެން ފަށައި، އެ ޓީމު ދޫކޮށް، 2019 ވަނަ އަހަރު ބްރައިޓަން އަށް ބަދަލުވުމަށް ފަހު، މެކް އަލިސްޓާ ވަނީ އަލުން އާޖެންޓީނޯސް ޖޫނިއާސް އާއި ބޮކަ ޖޫނިއާސް އަށް ވެސް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފަ އެވެ.

އެކަމަކު، މިދިޔަ ސީޒަނުން ފެށިގެން ގަވާއިދުން ބްރައިޓަން ޓީމުގައި ހިމެނި މެކް އަލިސްޓާ މޮޅު ކުޅުމެއް ދައްކަމުން އަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް އައިއިރު ވެސް މެކް އަލިސްޓާ ހުރީ ރަނގަޅު ފޯމެއްގަ އެވެ. އެއީ ޕްރިމިއާ ލީގުގައި ބްރައިޓަން ދައްކަމުން އަންނަ މޮޅު ކުޅުމުގައި މެކް އަލިސްޓާގެ ހިއްސާ ވެސް ބޮޑުވުމުންނެވެ.