Advertisement

ގައްދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކުރަނީ

7 ޑިސެންބަރު 2022 - 22:06 0

ގައްދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ ބޮޑުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މިފްކޯ


ގައްދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކުރަނީ

7 ޑިސެންބަރު 2022 - 22:06 0

ގދ. ގައްދގައި ހުންނަ މިފްކޯގެ އައިސް ޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކުރުމަށް އެއްބަސްވެ މިފްކޯއާއި އެ ރަށު ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިފްކޯއިން ބުނީ އެ މަޝްރޫއުގެ ދަށުން އައިސްޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް އިތުރު ވުމާއެކު 100 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ވެސް ގާއިމް ކުރެވިގެން ދާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ގައްދޫ ކައުންސިލްގައި މިފްކޯގެ އިސްވެރިންނާ އެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހުގަ އެވެ.

މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިސްމައިލް ފައުޒީ އަދި ގައްދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދެވެ.