Advertisement

މަޖިލީހުގެ އާ އިމާރާތުގައި 21 މީހުންގެ ލިފްޓެއް ބަހައްޓާނެ ބަޔަކު ހޯދަނީ

7 ޑިސެންބަރު 2022 - 19:06 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ރައްޔިތުންގެ މަޖިލިސް


މަޖިލީހުގެ އާ އިމާރާތުގައި 21 މީހުންގެ ލިފްޓެއް ބަހައްޓާނެ ބަޔަކު ހޯދަނީ

7 ޑިސެންބަރު 2022 - 19:06 0

ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތުގައި 21 މީހުންގެ ޖާގައިގެ ލިފްޓެއް ބަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނީ ތޭރަ ބުރީގެ އާ އިމާރާތުގެ ހުޅަނގު އުތުރު ކަނަށްވާގޮތަށް އިމާރާތް ކުރެވޭ އެނެކްސްގެ ތެރެއިން އިމާރާތުގެ ޓެރަސް ހިމެނޭގޮތަށް ކޮންމެ ބުރިއަކަށް ދެވޭގޮތަށް 21 މީހުންގެ ލިފްޓެއް ބެހެއްޓުމަށްޓަކައި ބޭނުންވާ ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ބާރަ ވަނަ ދުވަހުގެ މެންދުރު ބާރަ ޖެހުމުގެ ކުރިންނެވެ.

އަދި 13 ވަނަ ދުވަހުގެ 23:59 ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފޮނުވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އިއުލާނުގައި އިތުރަށް ބުނީ ބީލަން ހުށަހަޅަން ޖެހޭނީ މި ޑިސެމްބަރު މަހުގެ ނަވާރަވާ ހޯމަ ދުވަހުގެ 10:30ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކަމަށެވެ.

ބިޑު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.