Advertisement

ސިފައިން ހަތިޔާރާއެކު އައްޑޫގައި ކުރިއަށް އޮތް ފަސް މަސް ދުވަހު ހަރަކާތްތެރިވަނީ

6 ޑިސެންބަރު 2022 - 21:13 0

މެރިން ކޯޕުން މާފިލާފުށީގައި ހިންގި ތަމްރީނެއްގެ ތެރެއިން: އޭޕްރީލް މަހުގެ ނިޔަލަށް ހަތިޔާރާއެކު އައްޑޫގައި ތަމްރީނެއް ކުރިއަށްގެންދާނެ -- ފޮޓޯ: ރައީސް އޮފީސް


ސިފައިން ހަތިޔާރާއެކު އައްޑޫގައި ކުރިއަށް އޮތް ފަސް މަސް ދުވަހު ހަރަކާތްތެރިވަނީ

6 ޑިސެންބަރު 2022 - 21:13 0

ކުރިއަށް އޮތް ފަސް މަސް ދުވަހު ސިފައިން އައްޑޫ ސިޓީގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ މެރިންކޯގެ ތަމްރީނުތަކަކަށް އޭޕްރީލް، 2023 ގެ ނިޔަލަށް ކަމަށެވެ.

"އެމްއެންޑީއެފްގެ މެރިންކޯގެ ތަމްރީންތަކެއް އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ. މި ތަމްރީންތައް އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކުގައި 2023 އެޕްރީލް މަހުގެ ނިޔަލަށް ހަތިޔާރާއި އެކު ސިފައިން ހަރަކާތްތެރި ވާގޮތަށް ވަނީ ހަމަޖެހިފަ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

އައްޑޫ ސިޓީގައި ފަސް މަސް ދުވަހަށް ހަތިޔާރާއެކު ހިންގާ ތަމްރީނު ޕްރޮގްރާމެއް ސިފައިން ކުރިއަށްގެންދަން ނިންމާފައި މި ވަނީ މިހާތަނަށް ރާއްޖޭގައި ދޭން އުޅުނު އެންމެ ވަރުގަދަ ޓެރަރިސްޓު ހަމަލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ސަލާމަތީ ބާރުތަކުން އިއުލާނުކޮށްފައި އޮއްވަ އެވެ.

ހަމަލާ ނާކާމިޔާބުކޮށްލަން ނޮވެމްބަރު 12، އިން ފެށިގެން އައްޑޫ އާއި މާލެ އާއި ކަނޑުގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީބާރުތަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 13 މީހަކު ހައްޔަރު ކުރި އެވެ. އެ އެންމެނަކީ ވެސް އައްޑޫގައި ދިރިއުޅޭ މީހުންނެވެ.