Advertisement

ވަޒީފާގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފި

5 ޑިސެންބަރު 2022 - 10:50 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ އެވެއާނަސް ސެޝަންގެ ތެރެއިން. ފޮޓޯ/ އެމްއެންޑީއެފް


ވަޒީފާގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފި

5 ޑިސެންބަރު 2022 - 10:50 0

ވަޒީފާގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފި އެވެ.

މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޖެންޑާ މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަން ގުޅިގެންނެވެ.

މި ސެޝަނުގައި ވަޒީފާގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރައަކީ ކޮބައިކަމާއި، ޖިންސީ ފުރައްސާރައަކަށް އަމަލުތައް ބަދަލުވެގެންދަނީ ކިހިނެއް ކަމާއި، ވަޒީފާ ދޭ ތަންތަނުގައި މިކަމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ އޮންނަ ކޮމިޓީގެ ދައުރު ބުނެދިނުން ފަދަ މައުލޫތަކަށް އަލިއަޅުވާލާފައިވެ އެވެ.

މި ސެޝަނުގައި އެޗްއާރުސީއެމްގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިން އެ ސެޝަނުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެޑްމިން އެންޑް ޕާސަނަލް އޮފިސަރ، މޭޖާ އަބްދުﷲ ޝަނީޒާއި އެ އޭރިއާ ކޮމާންޑުގެ ސާޖަންޓް މޭޖާ، އަހުމަދު އިމްތިޔާޒްއާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެެވެ.