Advertisement

އަތުލައިގަތް ތިން ބޯޓުން ގިނައިން ބަނާފައި ހުރީ މިޔަރު

4 ޑިސެންބަރު 2022 - 19:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސިފައިން އިއްޔެ އަތުލި ލަންކާގެ ތިން މަސް ބޯޓު -- ފޮޓޯ: އެމްއެންޑީއެފް


އަތުލައިގަތް ތިން ބޯޓުން ގިނައިން ބަނާފައި ހުރީ މިޔަރު

4 ޑިސެންބަރު 2022 - 19:16 0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އަތުލައިގަތް ތިން މަސްބޯޓުގައި ގިނައިން ބާނާފައިހުރީ މިޔަރު ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުރި ކަމަށެވެ.

މިޔަރުގެ މަސްވެެރިކަމަކީ ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން މަނާ ކަމެކެވެ.

މީގެ ތެރެއިން ދެ ބޯޓެއް އަތުލައިގަތީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އަދި އަނެއް ބޯޓު އަތުލައިގަތީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ކޯސްޓު ގާޑު ޝިޕް ގާޒީގެ ބެލުމުގެ ދަށަށް ގެނައި މި ތިން ބޯޓަކީ ވެސް ސްރީ ލަންކާގެ ތިން ބޯޓެވެ.

މި ބޯޓުތަައް މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިހާރު ދަނީ ކުރަމުންނެވެ.

މީގެ ކުރިންވެސް މިގޮތަށް މަސް ބޯޓުތައް އަތުލެވޭ ނަމަވެސް އެ ފަަރާތްތަކަށް އެކަށޭނަ ފިޔަވަޅެއް ނޭޅޭ ކަމަށް ބުނެ އާންމުން ސަރުކާރަށާއި އިދާރާތަކަށް އެކި ފަހަރުމަތިން ވަނީ ފާޑުކިޔާފަ އެވެ.