Advertisement

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ތިން ބޯޓެއް އަތުލައިގެންފި

3 ޑިސެންބަރު 2022 - 13:56 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ރާއްޖޭގެ ކަނޑިގެ ސަރަހައްދުން ހުއްދަ ނުނަގައި މަސްވެރިކަން ކުރަމުން ދިޔަ ތިން މަސްބޯޓު- ފޮޓޯ/ އެމްއެންޑީއެފް


ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ތިން ބޯޓެއް އަތުލައިގެންފި

3 ޑިސެންބަރު 2022 - 13:56 0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ތިން މަސްބޯޓެއް ސިފައިން ނިކުމެ އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން ބުނީ ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސަވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތީ ސްރީލަންކާގެ ތިން މަސް ބޯޓެއް ކަމަށެވެ. އަދި އެ މަސް ބޯޓުތައް މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.

ސްރީލަންކާގެ ތިން މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައިވާއިރު، މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ވަނީ ބޭރުގެ މަސްބޯޓުތަކެއް އަތުލައިގަނެފަ އެވެ.

ބޭރުގެ މަސް ބޯޓުތައް ރާއްޖެ ސަރަހައްދަށް ވަނުން ހުއްޓުވުމުގެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސްވެރިކަން ކުރަމުން ގެންދާ ކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ވީ ނަމަވެސް އެ އުޅަނދެއް ހުއްޓުވުމުގެ ބާރު ސިފައިންގެ ކޯސްޓްގާޑަށް ލިބިގެންވެ އެވެ.

އެގޮތުން ފެންނަ އުޅަނދު ފަހަތުން ދުއްވައި، އުޅަނދަށް ސިފައިން އަރައި، އެ ތަނަކާ އެންމެ ކައިރި ބަނދަރަކަށް ގެންދަން ޖެހެ އެވެ. ގަވައިދުގައިވާ ގޮތުން މިގޮތަށް ހިފަހައްޓާ އުޅަނދުތައް ސިފައިން ފުލުހުންނާ ހަވާލުކޮށް، ބޯޓު ޖޫރިމަނާކުރަން ވާނެ އެވެ.