Advertisement

ރާއްޖެއިން ލަންކާގައި އިންވެސްޓު ކުރުމަށް އެ ގައުމުން އެދެފި

3 ޑިސެންބަރު 2022 - 06:54 4

ނައިބު ރައީސް ފައިސަލް ނަސީމް ލަންކާގެ ރައީސް ރަނިލްއާ އިއްޔެ ބައްދަލުކުރައްވަނީ. -- ފޮޓޯ: ނިއުސްވަޔާ


ރާއްޖެއިން ލަންކާގައި އިންވެސްޓު ކުރުމަށް އެ ގައުމުން އެދެފި

3 ޑިސެންބަރު 2022 - 06:54 4

ސްރީ ލަންކާގެ ދަނޑުވެރިކަމާއި ޓޫރިޒަމް ދާއިރާގައި ރާއްޖޭއިން އިންވެސްޓު ކުރުމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އެދިވަޑައިގެންފި އެވެ.

ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ލަންކާގެ ރައީސް ރަނިލްއާއެކު ބޭއްވެވި ބަދަލުކުރެއްވުމުގައި އެދިވަޑައިގެންފައިވަނީ ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ކްރޫޒް ޓޫރިޒަމް، އަދި މަތީ ފަންތީގެ ޓޫރިޒަމަށް ރާއްޖެއިން އިންވެސްޓުކުރުމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޔުނިވާސިޓީ ގާއިމްކުރުމުގައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންފުޅުވާ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

އެ ކަންކަމަށް އެދިވަޑައިގެންފައިވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ސަބަބުން ކަމަށް އެ ގައުމުން ބުނެ އެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި އިންޑިއާ ކަނޑުގައި ޓްރެފިކްކުރާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީ ދަތުރުފުޅެއްގެ ދައުވަތު ދެއްވަން ބޭނުންފުޅުވާ ކަމަށާއި އެ ދައުވަތު ދެއްވާނީ ޖުލައި މަހު ކުރި މުޒާހަރާތަކުގައި އަނދައި އަޅިޔަށް ހަދާލި ރަނިލްގެ ގެކޮޅު އަލުން ބިނާކުރެވުމުން އެ މަނިކުފާނު ވިދާޅުވި އެވެ.