Advertisement

ބޮޑު ބޮން މައްސަލައިގައި ހިންގި އޮޕަރޭޝަން ނިންމައި ތަހުގީގު ފަށައިފި

1 ޑިސެންބަރު 2022 - 15:21 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު މާލޭ މަގުމަތީ ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު


ބޮޑު ބޮން މައްސަލައިގައި ހިންގި އޮޕަރޭޝަން ނިންމައި ތަހުގީގު ފަށައިފި

1 ޑިސެންބަރު 2022 - 15:21 0

ދިވެހިރާއްޖޭގައި ގޮއްވަން އުޅުނު އެންމެ ބޮޑު ބޮން ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަން ނިންމައި ތަހުގީގު ފަށައިފި ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގައި "އަދަދު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮޮފިޝަލް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ މައްސަލައިގެ ތަހުގީގު ކަމަށެވެ.

އެ އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން ހުއްޓުވީ ރާއްޖޭގެ ސަރަހައްދެއްގައި ގިނަ ބަޔަކު މަރާލައިގެން ދޭން އުޅުނު ހަމަލާއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ހަމަލާ ހުއްޓުވާލުމުގެ މަސައްކަތް ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވިދާޅުވި އެވެ.

މާލެ، އައްޑޫ އަދި ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ފުލުހުން 14 މީހަކު ހައްޔަރުކުރި އިރު އެމީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން މިހާރު ވަނީ އަމުރުކޮށްފަ އެވެ. އެގޮތުން ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހަކު 15 ދުވަހަށް، ހަތަރު މީހަކު 30 ދުވަހުގެ މުއްދަތަކަށް އަދި ފަސް މީހަކު މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މީހުން ހައްޔަރުކުރުމަށްފަހު ފުލުހުންނާއި ސިފައިން ވަނީ ފުލުހުންގެ ޑޯގް ސްކޮޑް އަދި ބޮން ސްކޮޑް ބޭނުންކޮށްގެން އައްޑޫގެ އެކި ސަރަހައްދުތައް ބަލާ ފާސްކޮށްފަ އެވެ.

އެގޮތުން، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ގެތަކާއި، އެ މީހުންނާ ގުޅުންހުރި ވެހިކަލްތަކާއި ޑިންގީއެއް ބަލައި ފާސްކުރުމުގެ ތެރެއިން ގެއަކުން ބާރުގަދަ ގޮވުންތަކަށް ބޭނުންކުރާ ހައި އެކްސްޕޯލިސްވް ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ އޮޕަރޭޝަނުގައި އައްޑޫއިން ފުލުހުން ހޯދި ބާރުގަދަ ގޮވާތަކެއްޗަކީ ރާއްޖެއިން ބޭރުން އެތެރެކުރި ތަކެތިތޯ ސުވާލުކުރުމުން ވިދާޅުވީ މައްސަލަ މިހާރުވެސް ތަހުގީގު ކުރަމުންދާތީ އިތުރު ތަފުސީލު ދެވެން ނެތް ކަމަށެވެ.