Advertisement

މާލޭ ކުރީގެ ކުނި ކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

30 ނޮވެންބަރު 2022 - 15:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ކުނި ކޮށީގައި ރޯވި އަލިފާން ނިއްވާލުމުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް


މާލޭ ކުރީގެ ކުނި ކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

30 ނޮވެންބަރު 2022 - 15:08 0

މާލޭ ކުރީގެ ކުނި ކޮށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވެއްޖެ އެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ރޮޕޯޓު ލިބިފައިވަނީ މެންދުރު 12:10 ހާއިރު ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިޔު އިން ސީނަށް ގޮސް 12:29 ހާއިރު އަލިފާން ނިއްވާލި ކަމަށްވެސް ވަނީ ބުނެފަ އެވެ.

ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިއެއް ނުވެ އެވެ.

އަލިފާން ރޯވީ ކުރީގެ ކުނި ކޮށީގައި ހަދާފައިހުރި ޓިނު ގެގަނޑެއްގައި ކަމަށާއި އަލިފާން ރޯވަން މެދުވެރިވީ ދެ ޓިނުގަނޑުގެ މެދުގައި ފިނިކުރަން ލައްވާފައި ހުރި ސްޕޮންޖްތަކެއްގައި އަލިފާން ރޯވެގެން ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.