Advertisement

ލަންކާ ސަފީރަކަށް އަލީ ފާއިޒް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

28 ނޮވެންބަރު 2022 - 19:38 1

ލަންކާގެ ސަފީރަކަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިން ފާއިޒް


ލަންކާ ސަފީރަކަށް އަލީ ފާއިޒް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

28 ނޮވެންބަރު 2022 - 19:38 1

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް އަލީ ފާއިޒު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ރުހުން ދީފި އެވެ.

މިހާރު ވެސް ޕޮލިސް ބޯޑުގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ މއ. މަނާގެ، ފާއިޒު އައްޔަންކުރަން ރުހުން ދޭން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ.

މީގެ ކުރިން ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުގެ މަގާމުގައި ހުންނެވި އޮމަރު އަބްދުއްރައްޒާގު ވަނީ ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށާއި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.

ލަންކާގެ ސަފީރުގެ މަގާމަށް މަޖިލިހުން ރުހުން ދިން އަލީ ފާއިޒް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.