Advertisement

ހިންދީ ބަހުން ވާހަކަ ދައްކަން މަޖުބޫރު ކުރުމާ ދެކޮޅަށް މީހަކު އަމިއްލަ ގައިގައި ރޯކޮށްފި

28 ނޮވެންބަރު 2022 - 07:29 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ ގައުމީ ދިދަ.


ހިންދީ ބަހުން ވާހަކަ ދައްކަން މަޖުބޫރު ކުރުމާ ދެކޮޅަށް މީހަކު އަމިއްލަ ގައިގައި ރޯކޮށްފި

28 ނޮވެންބަރު 2022 - 07:29 0

މުޅި އިންޑިއާގައި ހިންދީ ބަހުން ވާހަކަ ދައްކަން މަޖުބޫރު ކުރަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑު އުފުލުމަށް މީހަކު އަމިއްލަ ހަޑިގަނޑުގައި ރޯކޮށް މަރުވެއްޖެ އެވެ.

އިންޑިއާގައި އެތައް ސަތޭކަ ބަހާއި ބަހުރުވަ ބޭނުންކުރެ އެވެ. އެކަމަކު ރަސްމީ ބަހެއްގެ ގޮތުގައި އޮންނަނީ އިނގިރޭސި އެވެ. ސަރަހައްދީ ސަރުކާރުތަކުން ބޭނުން ކުރަނީ އެ ސަރަހައްދެއްގެ ބަހެވެ.

އެންމެ ފަހުން 2011 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީގެ 44 ޕަސެންޓް ވާހަކަ ދައްކަނީ ހިންދީ ބަހުންނެވެ.

އެކަމަކު މިދިޔަ މަހު އިންޓީރިއާ މިނިސްޓަރު އަމިތު ޝާހް އާއި އެހެން ބައެއް ޕާލަމެންޓް މެމްބަރުން ވަނީ ގައުމީ ބަހަކީ ހިންދީ ކަމަށް ކަނޑައެޅުމަށް ހުށަހަޅާފަ އެވެ.

ބޮޑު ވަޒީރު ނަރެންދްރަަ މޯދީ ވެސް މީގެ ކުރިން ވަަނީ ރަސްމީ ބަހެއްގެ ގޮތުގައި އިނގިރޭސި އޮތުމަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެ، އިންޑިއާގެ ބަސްތަކުން ވާހަކަދެއްކުމަށް ވަނީ ހިތްވަރު ދެއްވައިފަ އެވެ.

އެކަމަކު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މޯދީގެ ސަރުކާރުން ބޭނުން ވަނީ މުޅި އިންޑިއާގައި ހިންދީ ބަސް ބޭނުން ކުރަން މަޖުބޫރު ކުރުމަށެވެ. އެހެންވެ، އެންމެ ބޮޑަށް ހިތްހަމަނުޖެހެނީ ދެކުނުގެ ސްޓޭޓްތަކުންނެވެ.

ދެކުނުގެ ޓަމިލް ނާޑޫ ސްޓޭޓަށް ނިސްބަތްވާ އުމުރުން 85 އަހަރުގެ އެމްވީ ތަންގަވޭލް ހަށިގަނޑަށް ޕެޓްރޯލާއި ކަރާސީން ތެޔޮ އަޅައި ރޯކޮށްލީ އެ މައްސަލައިގަ އެވެ.

އޭނާ ހިފަހައްޓައިގެން ހުރި ޕޯސްޓަރުގައި ލިޔެފައި ވަނީ "މުއްސަނދި ތަމަޅަ ބަސް" ދޫކޮށްލަންވީ ސަބަބަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ.

މީގެ ކުރިން 1960 ގެ އަހަރުތަކުގައި އޭރު ވެރިކަމުގައި އޮތް ކޮންގްރެސް ޕާޓީއިން ވެސް ވަނީ ރަސްމީ ބަހަކީ ހިންދީ ކަމަށް ކަނޑައަޅަން މަސައްކަތްކޮށްފަ އެވެ.

އެ ފަހަރު ވެސް އާއްމުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދުނެވެ. އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ އެކި ބަސްތަކުން ވާހަކަދައްކާ މީހުން ގިނަ ދެކުނު ސްޓޭޓްތަކުންނެވެ.