Advertisement

އެމްޑަބްލިއުއެސްސީގެ އަށް ފޫޓު ކޭބަލެއް ވަގަށް ނެގި މީހަކު ދެ މަސް ދުވަހަށް ޖަލަށް

28 ނޮވެންބަރު 2022 - 08:02 0


އެމްޑަބްލިއުއެސްސީގެ އަށް ފޫޓު ކޭބަލެއް ވަގަށް ނެގި މީހަކު ދެ މަސް ދުވަހަށް ޖަލަށް

28 ނޮވެންބަރު 2022 - 08:02 0

ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ އަށް ފޫޓު ކޭބަލެއް ވަގަށް ނެގި މީހަކު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެއީ އަމީނީމަގުގައި ހުންނަ އެމްޑަބްލިއުއެސްސީގެ ސައިޓު ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި ގދ. ތިނަދޫއަށް ނިސްބަތްވާ މުވައްޒަފަކު އެ ކުންފުނީގެ މައި އިމާރާތުން އަށް ފޫޓުގެ ކޭބަލެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން ހުށަހެޅި ދައުވާއެކެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބޭ މީހާ ދިފާއީ ހެއްކެއް ހުށަހަޅާފައި ނުވާއިރު އޭނާ ދައުވާއަށް އިންކާރު ކުރި އެވެ. އަދި، މި މައްސަލައަކީ ބަޔަކު ރާވައިގެން އޭނާއަށް ދިން ލަނޑެއްގެ ގޮތުގައި ސިފަކުރި އެވެ.

އެހެން ނަމަވެސް، ދައުލަތުން ހުށަހެޅި ކިތާބީ ހެއްކާއި ކޯޓަށް ހާޒިރުވެ ހެކިން ދިން ހެކި ބަހުން އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ. އަދި، ވަގަށް ނެގި ކަމަށް ބެލެވޭ އަށް ފޫޓުގެ ކޭބަލަކީ އޭނާގެ އެއްޗެއް ކަމަށް ކޯޓަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ.

އޭނާގެ މައްޗަށް އެންމެ ފުރަތަމަ އިއްވި ޖަލު ހުކުމް ވަނީ 14400ރ. ގެ ޖޫރިމަނާއަކަށް ބަދަލުކޮށްފަ އެވެ. އޭއީ، އޭނާއަކީ މިހާރު ވެސް ވަޒީފާއެއް އަދާކުރަމުންދާ މީހަކަށް ވެފައި މުޖުތަމައުއިން އޭނާ އެކަހެރި ކުރުމަށް ވުރެ ޖޫރިމަނާގެ އަދަބެއްގެ މަންފާ ބޮޑުވާނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވުމުންނެވެ.

މި ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވަނީ ހުކުމް ކުރައްވާފަ އެވެ.