Advertisement

ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި ނަހުލާގެ ނަމެއް ނެތް

27 ނޮވެންބަރު 2022 - 21:46 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަނބިކަނބަލުން ނަހުލާ؛ ނަހުލާގެ ނަން ޖޭޕީގެ ދަފްތަރުގައި ނެތް މައްސަލައެއް ވަނީ ފެންމަތިވެފައި-- ފޮޓޯ: އަވަސް


ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި ނަހުލާގެ ނަމެއް ނެތް

27 ނޮވެންބަރު 2022 - 21:46 0

ޖުމްހޫރީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ނަން ނެތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު "އަދަދު" އަށް ވިދާޅުވީ ނަހުލާގެ ނަން އެ ޕާޓީގެ ދަފްތަރުގައި ނެތް މައްސަލަ ފެންމަތިވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ.

"ޕާޓީގެ ދަފްތަރުގައި ނަން އެބައޮތް، އެކަމަކު އިލެކްޝަންސްގެ ދަފްތަރުގައި ނެތް، އެކަމަކު ނަން އުނިކުރަން އެދިފައި ވެސް ނުވޭ،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އެކަން ޕާޓީގެ ސަމާލުކަމަށް އައިސްފައިވަނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގެ މަސައްކަތަށް ދަފްތަރު ބެލުމުގެ ކަންކަން ކުރިއަށް ދިއުމުގެ ތެރޭގައި ކަމަށެވެ.

މައްސަލަ ފެންމަތިވުމާއެކު، އަލުން އީސީ ދަފްތަރުގައި ހިމެނުމަށް މިހާރު އަލުން ފޯމު ހުށަހަޅައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަހުލާ ހުންނަވަނީ ޖޭޕީގެ ސްލޮޓެއްގައި މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގަ އެވެ.